ޚަބަރު

މަޝްހޫރު ދާޢީ ޔޫސުފް އެސްޓަސް ރާއްޖެ ވަޑައިގެންފި


ދިވެހި ރައްޔިތުންނަށް ދީނީ މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން އިސްލާމިކް މިނިސްޓްރީން ރާއްޖެ ގެންނަ މަޝްހޫރު ދާޢީ ޔޫސުފް އެސްޓަސް މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

އެސްޓާސްގެ މި ދަތުރުފުޅުގައި ދީނީ ޢިލްމުވެރިންނަށާއި ދަޢުވަތުގެ މައިދާނުގައި ޙަރަކާތްތެރިވާ ފަރާތްތަކާއި ޢާންމު ރައްޔިތުންނަށް އަމާޒުކޮށްގެން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވެއެވެ. ދިވެހި ރައްޔިތުންނަށްގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި އިސްލާމްދީނާބެހޭ ސައްޙަ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ރާއްޖެވަޑައިގެންނެވި އެސްޓާސް ވަނީ ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ލޯ އެންޑް އިސްލާމިކް ސްޓަޑީޒްއަށް ޒިޔާރާތްކުރައްވާ އެ ފެކަލްޓީގެ ޑީންއާ ބައްދަލުކުރައްވާފައެވެ.

މީގެ އިތުރުން މާދަމާ އެފެކަލްޓީގެ ދަރިވަރުންނަށް "މިސްކޮންސެޕްޝަން"މި މަޢުޟޫއަށް ލެކްޗަރއެއް ދެއްވުމަށް ހަމަޖެހިފައިވެއެވެ. އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް ޒިޔާރާތްކުރުމަށް ހަމަޖެހިފައިވާއިރު ރާއްޖޭގެ ޢިލްމުވެރިންނަށާއި މިސްކިތްތަކުގެ އިމާމުން އަދި ޚަތީބުންނަށް ވޯކްޝޮޕެއް ކުރިއަށްގެންދިޔުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިހަފްތާގެ ހުކުރު އުފާގެ ދަރުސްދިނުމަށް ހަމަޖެހިފައިވެސްވަނީވެސް ޔޫސުފް އެސްޓަސްއެވެ. އަދި އިސްލާމިކް މިނިސްޓްރީއާއި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަންނަ ހޮނިހިރު ދުވަހު ދަރުހެއްދިނުމަށް ހަމަޖެހިފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީންބުނެއެވެ.