ޚަބަރު

އާސަންދައިގެ ޚިދުމަތް ނާޖާއިޒުގޮތުގައި ބޭނުންކުރާ ފަރާތްތައް ބަލަނީ





 


ނާޖާއިޒު ގޮތުގައި އާސަންދައިގެ ޚިދުމަތް ބޭނުންކުރަމުންދާ ފަރާތްތައް ދެނެގަތުމުގެ ގޮތުން ހެލްތު މިނިސްޓްރީއާއި، އެންސްޕާއާއި، ސޯޝަލް ކައުންސިލް ގުޅިގެން މަޝްވަރާ ބައްދަލުވުންތަކެއް ފަށާފައިވާ ކަމަށް ހެލްތް މިނިސްޓަރ ޑރ މަރިޔަމް ޝަކީލާ ވިދާޅުވެއްޖެއެވެ.


 
އެމް ބީ ސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން ހެލްތު މިނިސްޓަރ ވިދާޅުވީ، ހުސްނުވާ އާސަންދަ ތައާރަފް ވުމާއެކު ނާޖައިޒް ގޮތުގައި ޚިދުމަތް ހޯދާ ފަރާތްތައް އިތުރުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، މިފަދަގޮތަކަށް ކަންކަންދިއުމަކީ އާސަންދައިގެ ނިޒާމު ބޮއްސުންލާނެ ކަންކަން ކަމަށެވެ. އެކަމަނާ ވިދާޅުވީ ނާޖާއިޒް ގޮތުގައި އާސަންދައިގެ ޚިދުމަތް ހޯދާ ފަރާތްތައް ދެނެގަނެ އެފަދަ ފަރާތްތައް ހުއްޓުވުމާއެކު، އެފަރާތްތަކާމެދު ފިޔަވަޅު އެޅުމާބެހޭގޮތުންވެސް މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ އަލަށް ގާއިމްކުރާ ސިއްހީ ދާއިރާ އެއް ވިއުގަޔަކުން ގުޅާލުމުގެ ނިޒާމް " ހެލްތު އިންފޮމޭޝަން ސިސްޓަމްގައި އާސަންދައިގެ މައުލޫމާތުތައް ހިމެނޭނެ ކަމަށާއި، އެ ނިޒާމް ގާއިމް ކުރުމުން ނާޖާއިޒް ގޮތުގައި ބޭނުން ހިފަމުންދާ ފަރާތްތައް ފަސޭހަ ކަމާއެކު ދެނެގަނެވޭނެކަމަށެވެ.


 
 


ހެލްތް އިންފޮމޭޝަން ސިސްޓަމް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންދަނީ ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ، އެން ސީ އައިޓީއިންނެވެ.