ޚަބަރު

ސިފައިންގެ ދުވަސް ޕީއެސްއެމުން ކުލަގަދަކޮށް ފާހަގަކުރަނީ

ސިފައިންގެ ޤައުމީ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ސިފައިންގެ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ޕަބްލިކް ސާރވިސް މީޑިއާއިން ނިންމައިފިއެވެ. މާދަމާއަކީ ސިފައިންގެ ހިދުމަތަށް 126 އަހަރު ފުރޭ ދުވަހެވެ.

ސިފައިންގެ ދުވަސް ފާހަގަކުރުމަށް ޕީއެސްއެމްގެ ހުރިހާ ޗެނަލަކުން ހާއްސަ ޕްރޮގްރާމްތަކެއް މާދަމާ ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީ ޕީއެސްއެމްގެ ޗެނަލްތަކުން ސިފައިންގެ ދުވަސް މިހާ ކުލަގަދަކޮށް ފާހަގަކުރާ ފުރަތަމަ ފަހަރުއެވެ.

ސިފައިންގެ ދުވަސް ފާހަގަގަކުރުމަށް ޕީއެސްއެމުން ކުރިޔަށް ގެންދާ ހާއްސަ ކަވަރޭޖް ފަށާނީ ސިފައިންގެ 126 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހެދުނު 06:00 ގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތުންނެވެ.

މާދަމާ ޓީވީއެމުން ގެނެސްދޭ ހާއްސަ ކަވަރޭޖްގައި ހެދުނު އަށަކުން ފެށިގެން އިރުއޮއްސި ހަޔަކަށް ކޮންޓިއުނިޓީ ޝޯއެއް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ޝޯގެ ތެރެއިން ސިފައިންގެ އެކި ޑިޕާޓްމެންޓްތަކުން ކުރާ މަސައްކަތްތަކާއި ސިފައިންގެ ގައުމީ ހިދުމަތުގައި މެދު ކެންޑުމެންނެތި މަސައްކަތްކުރެއްވި ބައެއް ބޭފުޅުންގެ އިންޓަރވިތަކާއި ރިޕޯޓްތަކުގެ އިތުރުން ޕެނަލް ޑިސްކަޝަންތައް ހިމެނެއެވެ. މީގެއިތުރުން ދިވެހި ރާއްޖޭގެ އަޑާއި ދިވެހި އެފްއެމުންވެސް ސިފައިން އަހަރީ ދުވަހާއި ގުޅިގެން ހާއްސަ ޕްރޮގްރާމަތަކެއް ގެނެސްދޭނެއެވެ.

ސިފައިން އަހަރީ ދުވަހުގެ މުނާސަބަތުގައި ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ސިފައިންގެ އާއިލާތަކަށް ހާއްސަކޮށްގެން ބާއްވާ އައިލީ ހަވީރެއް މާދަމާ ހަވީރު 16:00 ގައި ކަޅުތުއްކަލާ ކޮށީގައި އޮންނާނެއެވެ. މީގެއިތުރުން ސިފައިންގެ ހާއްސަ ޕްރޭޑެއް ހަވީރު 16:30 ގައި އޮންނާނެއެވެ. ހުޅުމާލޭގައި ކުރިޔަށްދާ މި ޕެރޭޑްގައި ބޭންޑުން ކުޅޭ ރާގުތަކާއެކު ބޮޑުބެރު ޖަހާގޮތަށް ވަނީ ހަމަޖެހިފައެވެ. ސިފައިންގެ ޕްރޭޑުގައި ސިފައިންގެ ބޭންޑާއެކު ބޮޑުބެރު ތަޢާރަފުކުރާ މީ ފުރަތަމަ ފަހަރަށެވެ.