ޚަބަރު

1 ކިލޯގެ މަސްތުވާތަކެއްޗާއެކު ދުބާއީ ފުލުހުން ދިވެއްސަކު ހައްޔަރުކޮށް ހައްޔަރުކޮށްފި


އެއްކިލޯގެ މަސްތުވާތަކެއްޗާއެކު ދުބާއިން ދިވެއްސަކު ހައްޔަރުކޮށް އެ ޤައުމުގެ ފުލުހުން އެ މައްސަލަ ތަހުޤީގުކުރަން ފަށައިފިއެވެ.
ފުލުހުންގެ އިދާރާއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދިވެހި ފުލުހުންނާއި ދުބާއީ ފުލުހުން ގުޅިގެން ހިނގި އޮޕަރޭޝަނެއްގައި އެއް ކިލޯގެ މަސްތުވާތަކެއްޗާއެކު ދިވެއްސަކު ހައްޔަރުކޮށްފައިވާކަމަށެވެ. އަދި މި މައްސަލަ ދުބާއީގެ ފުލުހުން ތަހުޤީގުކުރަމުން އަންނަކަމަށެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާއާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ފުލުހުން އަދި އާއްމުކޮށްފައެއް ނުވެއެވެ.