ޚަބަރު

އިންޝުއަރެންސްއާއި ގުޅޭ މަޢުލޫމާތު ދިނުމަށް ޚާއްސަ ސެމިނަރއެއް ބާއްވައިފި

ކޮންސްޓަރކްޝަން ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އިންޝުއަރެންސްއާއި ގުޅޭ މަޢުލޫމާތު ދިނުމަށް ޚާއްސަ ސެމިނަރ އެއް ބާއްވައިފިއެވެ. މި ސެމިނާއަކީ ތަފާތު ދާއިރާތަކުން އިންޝުއަރެންސްގެ ޚިދުމަތް ދެމުންދާ ކުންފުންޏެއްކަމަށްވާ ދިވެހި އިންޝުއަރެންސް ކުންފުނިން ކުރިއަށްގެންދިޔަ ސެމިނަރއެކެވެ. މި ސެމިނަރގައި އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކަށް އެފަރާތްތަކުގެ ވިޔަފާރި ރައްކާތެރިކުރުމަށް އިންޝުއަރެންސްގެ މުހިންމުކަމާއި އިންޝުއަރެންސްގެ ކުރެވޭނެ ދާއިރާތަކާއި ބެހޭ މައުލޫމާތުވަނީ ދީފައެވެ.

ސެމިނަރ ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާޙިމް ވިދާޅުވީ ކޮންސްޓްރަކްޝަން ދާއިރާއަކީ ރާއްޖޭގައި މިހާރު ދެވަނައަށް އެންމެ ކުރިއަރާފައިވާ ދާއިރާކަމުން މިދާއިރާގައި ކޮންޓެކްޓަރުންނަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ރަނގަޅު އިންޝުއަރެންސް ޕޮލިސީތަކެއް އޮތުމަކީ މުހިންމު ކަމެއްކަމަށެވެ. އަދި ކުރިން އިންޝުއަރެންސް ޕޮލިސީތައް ނަގައިގެން މަސައްކަތް ކުރިނަމަވެސް، ކަމެއް ދިމާވެގެން އިންޝުއަރެންސް ކްލައިމް ކުރަން ބަލާއިރު އެކަމުގައި ކަންތައް ކުރަންވީ ގޮތްތުގެ މަޢުލޫމާތު އެންމެ ފުރިހަމައަށް ލިބިފައި ނުހުންނާތީ ވިޔަފާރިވެރިންނަށް ބޮޑެތި ގެންލުންތައް ލިބިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ ކޮންސްޓަރަކްޝަން ދާއިރާ ރާއްޖޭގައި ކުރިއަރަމުންދާއިރު ރާއްޖެއިން ބޭރުގެ ބޮޑެތި ކޮންޝްޓްރަކްޝަން ކުންފުނިތަކާއިއެކު ސަބްކޮންޓްރެކްޓަރުންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ރާއްޖޭގެ ކުންފުނިތަކަށް ލިބެމުންދާކަމަށެވެ. ނަމަވެސް ރަނގަޅު އިންޝުއަރެންސް ޕޮލިސީއެއް ނެތްނަމަ މިފަދަ ފުރުސަތުތައް ހަނިވެގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ކޮންސްޓްރަކްޝަން ދާއިރާ ތަރައްޤީކޮށް އިތުރަށް ފުޅާކުރުމަށް ސަރުކާރުގެ އެއްބާރުލުން އަބަދުވެސް ދެމުން ގެންދާނެކަމަށްވެސް މިނިސްޓަރ ތާރިޤް ވިދާޅުވިއެވެ.

މި ސެމިނަރގައި ވާހަކަފުޅުދައްކަވަމުން ދިވެހި އިންޝުއަރެންސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުލް ވާޙިދު ތަޢުފީޤު ވިދާޅުވީ މިދާއިރާގައި ތަފާތު އިންޝުއަރެންސް ޕޮލިސީތައް އެބަހުރިކަމަށާއި ނަމަވެސް ކުންފުނިތަކަށް އެކަމުގެ މަޢުލޫމާތު ފުރިހަމައަށް ލިބިފައިނުވާކަމަށެވެ. އޭނާ ވިދާޅުވީ ދިވެހި އިންޝުއަރެންސްގައި ހުރި ޕޮލިސީތަކުގެ ތެރޭގައި ކޮންޓްރެކްޓަރުންގެ މަސައްކަތްތަކާއި މަސައްކަތުގައި ގެންގުޅޭ މެޝިނަރީތަކަށް ލިބޭ ގެއްލުންތައް ކަވަރކުރެވޭނެ ޕޮލިސީތައް ހިމެނޭކަމަށެވެ. އަދި އެ ކުންފުނިން އިތުރު އިންޝުއަރެންސް ބޮންޑްތަކެއް ތަޢާރަފްކުރުމަށް ތައްޔާރުވަމުންދާކަމަށްވެސް ވާހިދު ވިދާޅުވިއެވެ.

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ކުރިއަށްގެންދިޔަ ސެމިނާގައި މިދާއިރާގައި ހަރަކާތްތެރިވާ 80އަށްވުރެ ގިނަ މީހުންވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި ކޮންޓްރެކްޓަރުންނާއި، އާކިޓެކްޗަރުންނާއި، އިންޖިނިއަރުންނާއި، ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން ހިމެނެއެވެ.