ޚަބަރު

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަކުރާނެ - މެޓް އޮފީސް


ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވާރޭ ވެހޭނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވާރޭ ވެހުނުނަމަވެސް އޭގެ ފަހުން ވިއްސާރަ ކުރާނެކަމަށް ލަފާކުރެވެނީ ދެނުކުނާއި މެދުތެރޭގެ އަތޮޅުތަކަށް ކަމަށެވެ. މޫސުން ގޯސްވެ ވައިގަދަވާނެކަމަށް ލަފާކޮށް މެޓް އޮފީހުންވަނީ ށ. އަތޮޅުން ފެށިގެން އ. އަތޮޅާއި ހަމައަށް ވައިޓް އެލާޓްވެސް ނެރެފައެވެ.

ކުރިއަށް އޮތް ސައުވީސް ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 7 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި އަދި މެދުތެރެއާއި އުތުރުއަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާ 13 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަށް މޫސުމާއި ބެހޭ އިދާރާއިން ލަފާކުރެއެވެ، އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.