ޚަބަރު

ސިޓީ ޕާކު ބިމުގައި ޕޫލް ތީމް ޕާކެއް ތަރައްޤީކުރަނީ


ކުރީގެ ސިޓީ ޕާކު ހުރި ބިމުގައި ޕޫލް ތީމް ޕާކެއް ތަރައްޤީކުރުމަށް ހައުސިންގ މިނިސްޓްރީން ނިންމައިފިއެވެ. ކުޑަކުދިނާއި، ބޮޑެތި މީހުންނަށްވެސް ބޭނުންކުރެވޭގޮތަށް ތަރައްޤީކުރާ މި ޕާކު ތަރައްޤީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ހައުސިން މިނިސްޓްރީން ވަނީ އިޢުލާނުކޮށްފައެވެ.

ހައުސިން މިނިސްޓްރީން ބުނީ މި ޕާކު ތަރައްޤީކުރާނީ ޕާކުގެ މެދުގައި އެއްފޫޓާއި، ހަތަރު ފޫޓު ފުންމިނުގެ ޕޫލެއް ހެދުމެއްވަނީ ހަމަޖެހިފައެވެ. އަދި ޕޫލް ތެރޭގައި ފެނުގެ ކުޅިވަރިތައް ކުޅެވޭގޮތަށް ޕްލޭ ސްޓްރަކްޗަރތައް ޤާއިމުކުރުމަށްވެސް ހަމަޖެހިފައިވެއެވެ. މީގެއިތުރުން ޕޫލްގެ ވަށައިގެން ކުޑަޖެހުމާއި، އިށީނދެގެން ތިބޭގޮތަށް ބެންޗްތައްވެސް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. ޕާކު ތަރައްޤީކުރަނީ ތިމާވެއްޓާއި ރައްޓެހިކޮށް، ހިޔާވާ ގަސްތަކާއި، ތަފާތު މާގަސްތައް އިންދައިގެންކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.

މި ޕާކުގައި ޗޭންޖިން ރޫމާއި ފާހަނާއި ހިމެނޭ ގޮތަށް ތިން ބުރީގެ މަލްޓި ޕާސް އިމާރާތެއް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މި އިމާރާތުގެ އެންމެ ތިރީގައި ނާރސިން ރޫމެއް ހުންނާނެކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެއެވެ. މި ޕާކްގެ މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތަކުން މިމަހުގެ 26ވަނަ ދުވަހުގެ ކުރިން ބިޑް ހުށައަޅަންޖެހެއެވެ.

ކުރިން ސަލްޓަންޕާކްގައި ހުރި ލެޑް ޕާކް ސިޓީ ޕާކަށް ބަދަލުކުރުމުގެ މަސައްކަތް ކުރުމަށްފަހު އެ މަސައްކަތްވަނީ ހުއްޓިފައެވެ.