ޚަބަރު

ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ


މިއަހަރުގެ ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާ މިރޭ އޮންނާނެއެވެ.
މިޖަލްސާ އޮންނާނީ އިސްލާމީ މަރުކަޒް މައިދާނުގައެވެ. ޝަހީދުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޝަޢުބާން މަހުގެ އެއްވަނަ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ އިސްލާމް ދީނާއި ދީވެހި ޤައުމަށްޓަކާ ޝަހީދުވެފައިވާ އަބުޠާލުންގެ ހަނދާންތައް އާކޮށް އެބޭފުޅުންގެ އަގުވަޒަންކުރުމުގެ މަޤުޞަދުގައެވެ.

މިދުވަސް ނިސްބަތްވަނީ އައްސުލްޠާން ޢަލީ 6 ވަނަ ސިރީ އައުދަ ސިޔާކަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ އަލިރަސްގެފާނަށެވެ. އަލި ރަސްގެފާނު ޝަހީދުވި ހިޖުރީ ސަނަތުން ނުވަސަތޭކަ ފަސްދޮޅަސް ފަސްވަނަ އަހަރުގެ ޝަޢުބާން މަހުގެ އެއްވަނަ ދުވަހު ރާއްޖޭގެ މައްޗަށް ވެރިވެގަތުމަށް އައި ޕޯޗުގީޒުންނާ ހަނގުރާމަކުރައްވަމުން ދަނިކޮށެވެ.