ކުޅިވަރު

މައިންނަށް ޚާއްސަކޮށްގެން އައްޑޫގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަން މުބާރާތް ނިންމާލައިފި


މައިންނަށް ޚާއްސަކޮށްގެން އައްޑޫ ސިޓީގައި "ގޮމަ ކަޕް"ގެ ނަމުގައި ކުރިއަށްގެންދިޔަ ޑަބަލްސް ބެޑްމިންޓަން މުބާރާތް ޢާސިމާ މުޙައްމަދާއި ޢާއިޝަތު ސަމީނާ ކާމިޔާބު ކޮއްފިއެވެ.

އައްޑޫ ބެޑްމިންޓަން ކުލަބުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ މި ބެޑްމިންޓަން މުބާރާތަކީ ޢުމުރުން ދޮށީ އަންހެނުން ދުޅަހެޔޮ ސިއްޙަތެއްގައި ބޭތިއްބުމުގެ މުހިންމުކަން ހާމަކުރުމުގެ މަޤުސަދުގައި ކުރިއަށްގެންދިޔަ މުބާރާތެކެވެ. މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 11 އިން 14 އަށް ހިތަދޫ ޔޫތު ސެންޓަރުގައެވެ.

މިމުބާރާތުން އެއްވަނަ ޙާސިލް ކޮށްފައިވަނީ ވަރަށް ފޯރިގަދަ ފައިނަލަކަށް ފަހު އާސިމާ އާއީ ސަމީނާއެވެ. މި މެޗު އެމީހުން ކާމިޔާބުކޮށްފައިވަނީ ޝީޒާ އާއި އަގުލީމާއާ ވާދަކޮށް 2 ސެޓުންނެވެ. ފުރަތަމަ ސެޓު ޝީޒާ އާއި އަގުލީމާ ކާމިޔާބު ކުރިނަމަވެސް ފަހު ދެސެޓު ޢާސިމާ އާއި ސަމީނާ ވަނީ ގެންގޮސްފައެވެ. އެހެން ކަމުން މުބާރާތުގެ ރަނާރަޕަށް ދިޔައީ ޝިޒާ އާއި އަގުލީމާއެވެ.

މުބާރާތް ނިމުމުގެ ރަސްމީއްޔާތަށް ފަހު ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މުބާރަތުގެ އެއްވަނަ ދިޔަ ކުޅުންތެރިންވަނީ މައިންނަށް މިފަދަ މުބާރާތެއް ބޭއްވުމުގެ މުހިއްމުކަށް ފާހަގަ ކޮށްފައެވެ.

"މަންމައަކަށްވިޔަސް ވަކި ސްޕޯޓްސް ކަންތައް ނުކުރެވޭނެއޭ ކިޔައިގެން ގޭގަ ތިބޭކަށް ނުޖެހޭނެ. ހަމަ މިކަން ކުރެވޭނެ. މަންމަ އަކަށް ވިޔަ ހަމަ އެކަނި ގޭގެ ބަދިގޭގެ މަސައްކަތް ކުރުމުގެ އިތުރަށް ސްޕޯޓްސް ކަންކަމުގައިވެސް ކުރިއަށް ދެވޭނެ. (ސަމީނާ)އަޅުގަނޑު ބުނެދެން ބޭނުންވަނީ އަހަރުމެން ވަރަށް އުންމީދާއެކީ މިކާމިޔާބީ ލިބިގެން މިތަނުން ނިކުމެގެން މިދަނީ. އެހެންކަމުން މިކާމިޔާބީއަކީ އަހަރުމެންނަށް ލިބުނު ފަޙުރަކާއި ހިއްވަރެއް." " އާސިމާ ބުންޏެވެ.

މުބާރާތް ނިމުމުގެ ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން އައްޑޫ ބެޑްމިންޓަން ކުލަބުގެ ޗެއާމަން އަހުމަދު ނަދީމް ވަނީ މިފަދަ މުބާރާތްތަކަށް ލިބެމުން ސަޕޯޓަށް ޝުކުރުއަދާކޮށްފައެވެ. އަދި އޭބީސީން ކުރިއަށް އޮތް ޓީޗާސް 3 ވަނަ ޓީޗާސް ބެޑްމިންޓަން މުބާރާތްވެސް ވަނީ އިޢުލާން ކޮށްފައެވެ.
އައްޑޫ ބެޑްމިންޓަން ކްލަބަކީ އައްޑޫގެ ބެޑްމިންޓަން ކުރިއެރުވުމަށް ތަފާތު އެކި މުބާރާތްތައް ހިންގަމުން އަދި ބެޑްމިންޓަން ވައިޑީޕީ ޕްރޮގްރާމްތަކެއްވެސް ހިންގަމުން އަންނަ ފަރާތެކެވެ.