ޚަބަރު

އައްޑޫ ލިންކުރޯޑުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި


އައްޑޫސިޓީ ހިތަދޫ ލިންކުރޯޑޫގައި ދެ ސައިކަލެއްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ހިތަދޫ ލިންކުރޯޑުގައި ހިނގި މި އެކްސިޑެންޓުގައި ދެމީހަކަށް ވަނީ އަނިޔާވެފައެވެ. ފުލުހުން ބުނީ އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓު ކުރުމުގެ ކުރިން ފުލުހުންގެ ވެހިކަލަކަށް އެކްސިޑެންޓު ސީން ވަނީ ފެނިފައި ކަމަށެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެކްސިޑެންޓުގައި ދެމީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. އެއީ ދެ ފިރިހެނުންކަމަށާއި އެ ދެމީހުންގެ ހާލުވެސް މިވަގުތު ރަގަޅުކަމަށެވެ. މީގެތެރެއިން އެކަކަށް ފަރުވާދިނުމަށް ފަހު ދޫކޮށްލާފައިވާކަމަށާއި އަނެއް މީހާގެ ކަނދުރާއަށް ބައެއް ގެއްލުންތައް ލިބިފައިވާތީ ފަރުވާދެމުންދާކަމަށް ހޮސްޕިޓަލުން ބުނެއެވެ.
މި ހާދިސާ ތަހުޤީޤުކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.