ޚަބަރު

އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ގއ. ވިލިގިއްޔައް


އުރީދޫގެ ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ގއ. ވިލިގިއްޔަށް ތަޢާރަފް ކޮށްފިއެވެ.

މިޚިދުމަތް ތަޢާރަފް ކުރުމަށްފަހު މިމަހުގެ ނިޔަލަށް ޚިދުމަތް ނަންގަވާ ފަރާތްތަކަށް، އެއްއަހަރު ދުވަހުގެ މަހުފީ އިން %30 ޑިސްކައުންޓާއި އެއްއަހަރު ދުވަހުގެ އިންސްޓޯލްމަންޓް ޕްލޭން އަކާއެކު ސުޕަރނެޓްގެ ރައުޓަރު ގަތުމުގެ ފުރުސަތު އުރީދޫއިން ވަނީ ހުޅުވާލާފައެވެ. އަދި ވިލިގިލީގައި ޚިދުމަތް ގުޅައިދިނުމަށް ކަނެކްޝަން ފީ އެއް ނުނަގާނެކަމަށް އުރީދޫ އިން ބުނެވެ. މީގެ އިތުރުން އެކުންފުނިން ބުނީ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް، ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަކީ، ކުންފުނިން ވަރަށް ބޮޑަށް އަޙަމިއްޔަތުކަންދޭ ކަމެއްކަމަށެވެ.

މި ޚިދުމަތާއި އެކު، ވިލިގިލީގެ ރައްޔިތުންނަށް މާކެޓުގެ އެންމެ ހެޔޮ އަގުގައި އިންޓަނެޓް ބޭނުންކުރެވޭނެކަމަށް އުރީދޫއިން ބުނެއެވެ. ވިލިގިއްޔަށް ސުޕަނެޓްގެ ޙިދުމަތް ދިނުމުގައި އުރީދޫގެ އިންފްރާސްޓްރަކްޗަރ ޕާޓްނަރަކީ މޯލްޑިވްސް އިނޮވޭޝަން ކޮމްޕެނީ އެވެ.