ދުނިޔެ

އަލްޖަޒާއިރުގެ އަސްކަރީ މަތިންދާބޯޓުން މަރުވި މީހުންގެ ޢަދަދު 257 އަށް


އަލްޖަޒާއިރުގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި ހިނގި ހާދިސާގައި ބޯޓުން ދަތުރުކުރި 275 މީހުން މަރުވެއްޖެއެވެ. އެ ޤައުމުގެ ދިފާއީ ވުޒާރާއިން ބުނީ އެ ބޯޓު ވެއްޓުނީ ވެރިރަށް އަލްޖިޔާޒާ 20 ކިލޯމީޓަރު ދުރުގައި އޮންނަ ބޫފާރިކްގެ އަސްކަރީ ވައިގެބަނދަރުގެ ކައިރިއަށްކަމަށާއި، އެއިން ދަތުކުރި ސިފައިންނާއި އެ މީހުންގެ އާއިލާތަކުގެ މެންބަރުންނާއި އެ މަތިންދާބޯޓުގެ ފަޅުވެރިން އެ ޙާދިސާގައި މަރުވެފައިވާކަމަށެވެ.

މަރުވި މީހުންގެ ތެރޭގައި ހުޅަނގު ސަހަރާގެ ޕޮލިޒާރިޔޯ ޖަމާއަތަށް ނިސްބަތްވާ 26 މީހުންވެސް ހިމެނޭކަމަށް އަލްޖަޒާއިރުގެ ދިފާއީ ވުޒާރާއިން ބުނެއެވެ.
ރަޝިޔާގައި އުފައްދާފައިވާ އެލްޔޫޝީ މަރުކާގެ އެ އުޅަނދު ވެއްޓުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުންކަމަށް ބެލެވޭކަމަށާއި އެ ޙާދިސާގެ ތަޙުޤީޤު މިހާރު ފަށާފައިވާކަމަށް އަލްޖަޒާއިރުގެ ސަރުކާރުން ބުނެއެވެ.

2014 ވަނަ އަހަރުވެސް އަލްޖަޒާއިރުގެ އަސްކަރީ ދަތުރުފަތުރައް ބޭނުންކުރާ މަތިންދާބޯޓެއް ވެއްޓި، އެއިން ދަތުރުކުރި 77 މީހުން ވަނީ މަރުވިއެވެ.