ޚަބަރު

ރީނދޫ އުރަހަ ކަންނެލި ގަންނަ އަގު ދަށަށް ހިގައްޖެ


ރީނދޫ އުރަހަ ކަންނެލި ގަންނަ އަގު ދަށަށް ހިގައްޖެއެވެ. މަސް ގަންނަ ކުންފުނިތަކުން މިދިޔަ ހަފްތާގައި ރީނދޫ އުރަހަ ކަންނެލި ކިލޯއެއް 63.02 ލާރިއަށް ގަތް ނަމަވެސް މި ދިޔަ ހަފުތާގައި އެ އަގުވަނީ 47.64 ލާރިއަށް ވެއްޓިފައެވެ.

ކަންނެލީގެ އަގު ރާއްޖޭގައި ދަށަށް ދިޔައިރު ބޭރުގެ ބައެއް މާކެޓްތަކުގައިވެސް ކަނޑުމަހުގެ އަގު މިހަފްތާގެ ތެރޭގައި ވަނީ ދަށްވެފައެވެ. އެގޮތުން ޖަޕާނުގެ ޓޯކިޔޯ މެޓްރޮޕޮލިޓަން ނީލަން ބާޒާރުގައި ލޯބޮޑު ކަންނެލި ކިލޯއެއް މިހަފްތާގައި 356.74 ގައި އުޅޭއިރު މިދިޔަ ހަފްތާގައި މިއަދަދު އުޅުނީ 396.44 ގައެވެ. މިއީ 10.01 އިންސައްތައިގެ ދަށްވުމެކެވެ.

ސްޕެއިންގެ މާކަމެޑްރިޑް މާކެޓްގައި ފިނިކުރި ރީނދޫ އުރަހަ ކަންނެލީގެ އަގުވެސް ފާއިތުވި ހަފްތާއާއި އަޅާބަލާއިރު މިހަފްތާގައިވަނީ 0.33 އިންސައްތަ ދަށަށް ގޮސްފައެވެ. ނަމަވެސް ތައިލެންޑްގެ މާކެޓްގައި މިދިޔަމަހާއި އަޅާބަލައިރު މިމަހު ކަޅުބިލަމަސް ޓަނެއް ލިބެންހުރި މިންވަރު ވަނީ 3.33 އިންސައްތަ މައްޗަށް ޖެހިލާފައެވެ.