ތިމާވެށި

ޙިމާޔަތްކޮށްފައިވާ ސަރަހައްދުގައި ޙަރަކާތްރިވާނެ ޓުއަރ ގައިޑުން ތަމްރީނުކުރަނީ


އައްޑޫސިޓީއާއި ފުވައްމުލައް ސިޓީގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުގައި ޙަރަކާތްރިވާނެ ޓުއަރ ގައިޑުން ތަމްރީންކުރުމުގެ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ހުޅުވާލައިފިއެވެ.
މި ތަމްރީނު ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީއިން ކުރިޔަށް ގެންދާ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް (ސީ.ސީ.އޭޕީ) ގެ ދަށުން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ.
މިޕްރޮގްރާމްގެ ދަށުން އައްޑޫ ސިޓީގެ ޙިމާޔަތްކޮށްފައިވާ އީދިގަލި ކިޅިއާއި ކޯއްޓޭ ސަރަޙައްދާއި ފުވައްމުލަކުގެ ބަންޑާރަ ކިޅި އާއި ދަޑިމަގި ކިޅި ސަރަހައްދުގައި ހަރަކާތްތެރިވާ ޓުއަރ ގައިޑުން ތަމްރީން ކުރެވޭނެއެވެ. ސީ.ސީ.އޭ.ޕީ އަކީ ޔޫރަޕިއަން ޔޫނިއަންއިން ފަންޑުކޮށް ވޯލްޑް ބޭންކުން އެޑްމިނިސްޓަރކޮށް އެންވަޔަރެންމަންޓް މިނިސްޓްރީން ހިންގާ މަޝްރޫޢުއެކެވެ.
މިމަޝްރޫޢުގެ ދަށުން އީދިގަލި ކިޅި އަދި ކޯއްޓޭ ސަރަހައްދު ހިމެނޭ ގޮތަށް އައްޑޫ ނޭޗަރ ޕާކެއް ގާއިމްކުރެވިގެންދާއިރު އެސަރަހައްދުގެ މާޙާއުލާއި އާސާރީ ތަންތަނާގުޅޭ މަޢުލޫމާތު އެތަންތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަންގައި ދިނުމަށް ޓުއަރތައް ހިންގުމަށްވަނީ ހަމަޖެހިފައެވެ. އަދި ބަންޑާރަ ކިޅިއާއި ދަޑިމަގި ކިޅި ހިމެނޭ ގޮތަށް ފުވައްމުލަކުގައި ނޭޗަރ ޕާކެއް ގާއިމްކުރާއިރު އެސަރަހައްދުގެ މާޙައުލާއި އާސާރީ ތަންތަނާއި ގުޅޭ މަޢުލޫމާތު އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަންގައި ދިނުމަށް ޓުއަރތައް ހިންގުމަށްވަނީ ހަމަޖެހިފައެވެ. މިފަދަ ޓްރެއިނިންގ ތަކުގައި ބައިވެރިވެ، ފުރިހަމަކުރާ ފަރާތްތަކަށް ކުރިޔަށްއޮތް ތަނުގައި އައްޑޫ ނޭޗަރ ޕާކާއި ފުވައްމުލައް ނޭޗަރ ޕާކަށް މުވައްޒަފުން ނެގުމުގައި އިސްކަންދެވޭނެކަމަށް އެންވަޔަރެންމަންޓް މިނިސްޓްރީން ބުނެއެވެ.