ޚަބަރު

ރައީސް ޔާމީންގެ ކެމްޕޭން ވޮލެންޓިއަރ ޕްރޮގްރާމް އިފްތިތާޙްކޮށްފި


ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ކެމްޕޭން ވޮލަންޓިއަރ ޕްރޮގްރާމް އިފްތިތާޙްކޮށްފިއެވެ.

މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ، "މިތިބޫ ރައީސް ޔާމީނާއި އެކީ" މިނަމުގައި ހައްދުންމަތީ ގަމުގެ ތުނޑީ އަވަށުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމްއެވެ. ރައީސް ޔާމީން ކެމްޕެއިން ވޮލެންޓިއަރ ޕްރޮގްރާމްގެ ފުރަތަމަ މެންބަރަކީ ރައީސްގެ އަނބިކަބަލުންނެވެ. މިރޭ ގެ ޖަލްސާގައި ވޮލެންޓިއަރ މެންބަރ ކަމުގެ ކާޑް ރައީސްގެ އަނިބިކަނބަލުންނާ ހާވާލުކުރެއްވިއެވެ. މިކާޑް އެކަމަނާއާ ހަވާލުކޮށްދެއްވީ ރައީސް ޔާމީން ކެމްޕެއިން އޮފީހުގެ ފަރާތުން އަދްލީ އިސްމާޢީލްއެވެ.

ރައީސް ޔާމިން ކެމްޕެއިން ވޮލެންޓިއަރ ޕްރޮގްރާމަކީ ރައީސް ޔާމީން ރިޔާސީ އިތުރު ދައުރަކަށް ހޮއްވެވުމަށް ކުރިއަށްދާ ކެމްޕެއިންގައި ބައިވެރިވުމަށް ޢާންމުކޮށް ރާއްޖޭއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ބައިވެރިވާ ބޭފުޅުން މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު ރައީސް ޔާމީންނަށް ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތް ކުރާނެކަމަށް ޕީޕީއެމް އިން ބުނެއެވެ.