ޚަބަރު

ރައީސްގެ އަނބިކަނބަލުންނަށް ހައްދުންމަތިން ޚޫނު މަރުޙަބާއެއް


ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ލ. އަތޮޅަށް ވަޑައިގެންފިއެވެ. ރައީސްގެ އަނބިކަނބަލުން ލ. ކައްދޫ އިސްކަންދަރު އެއަރބޭސްއަށް ވަޑައިގަތުމުން ލ. އަތޮޅުގެ ރަށްތަކުގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ އެއަރޕޯޓް ސަރަޙައްދަށް ވަޑައިގެން އެކަމަނާއަށް ވަރަށް ޚޫނު މަރުޚަބާއެއް ދަންނަވާފައެވެ. އެގޮތުން އެކަމަނާ ވަނީ މަރުޙަބާ ދެންނެވުމަށް ވަޑައިގެންނެވި ބޭފުޅުންނާއި ސަލާމް ކުރައްވާ އެބޭފުންނާއެކު ވަގުތު ހޭދަކުރައްވާފައެވެ.

ރައީސްގެ އަނބިކަނބަލުން ހައްދުންމައްޗަށްކުރައްވާ މިދަތުރުފުޅުގައި މިރޭ ލ.ގަން ތުނޑީ އަވަށު ބަނދަރު ސަރަޙައްދުގައި ބާއްވާ ޚާއްޞަ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. "ހައްދުންމަތީ ރައްޔިތުން މިތިބޫ ރައީސް ޔާމީނާއެކު" ނަމުގައި ބާއްވާ މިޖަލްސާގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ބައިވެރިވެޑައިގެން ވާހަކަފުޅު ދައްކަވާނެއެވެ. ޖަލްސާ ފެށޭނީ މިރޭ 8:30 ގައެވެ.