ޚަބަރު

ޖަލަށް އެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ ފޯނު އަތުލައިގެންފި


މާފުށީ ޖަލަށް އެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ ފޯނު އަތުލައިގެންފިއެވެ.

ފުލުހުން ބުނީ، މިތަކެތި ފެނިފައިވަނީ މާފުށީ ޖަލަށް އެތެރެކުރުމަށް ގިނަ ޢަދަދެއްގެ ތަކެތި ފޮރުވާފައި ހުރިކަމުގެ މައުލޫމާތު ލިބުމާގުޅިގެން ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި، ކ. ގުރައިދޫ ގެއަކުންކަމަށެވެ. މި އޮޕަރޭޝަންގައި 22 ފޯނާއި 29 ޗާޖަރާއި، މީޑިއާ ޕްލެޔަރަކާއި، 2 ރިމޯޓާއި، 5 ސިމް ކާރޑް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިކަމާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

ޖަލުތަކަށް އެތެރެކުރުމަށް މަސައްކަތްކުރާ ސާމާނު ހުއްޓުވުމަށް ފުލުހުންނާއި ކަރެކްޝަނަލް ސަރވިސް ގުޅިގެން ކުރަމުންދާ މަސައްކަތުގެ ދަށުން ދޭތެރެ ދޭތެރެއިން މިފަދަ ތަކެތި ހޯދައި، ހުއްޓުވާކަން ފާހަގަކޮށްލެވެއެވެ.