ޚަބަރު

އެންމެ ލަގްޒަރީ 10 ހޮޓެލް ލިސްޓުގައި ރާއްޖޭގެ ރިސޯޓެއް


ޓޮޕް ހޮޓެލް ނިއުސްއިން ހޮވާ މި އަހަރު ހުޅުވާ އެންމެ ލަގްޒަރީ 10 ހޮޓެލުގެ ލިސްޓުގައި ރާއްޖޭގެ ރިސޯޓެއް ހިމެނިއްޖެއެވެ. މި ލިސްޓުގައި ރާއްޖެއިން ހިމެނުނީ ޖޯލި މޯލްޑިވްސްއެވެ.
ޖޯލި މޯލްޑިވްސް އަކީ ރ. އަތޮޅު މުރަވަންދޫގައި ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ. މި ރިސޯޓް މި އަހަރުގެ ފަހު ކުއާޓާރގައި ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ލަގްޒަރީ ފެންވަރަށް ތަރައްޤީކުރާ މި ރިސޯޓްގައި 73 ވިލާ ހުރެއެވެ. އޭގެތެރޭގައި ބީޗް ވިލާއާއި، ވޯޓާ ވިލާ ހިމެނެއެވެ.
ޓޮޕް ހޮޓެލް ނިއުސްއަކީ ދުނިޔޭގެ ހޮޓާތަކާއި، ފަތުރުވެރިކަމާއި، އެދާއިރާގެ ޙިދުމަތްތަކާއި ތަންތަނާއި ބެހޭ މައުލޫމާތު ފޯރުކޮށްދޭ އޮންލައިން ނޫހެކެވެ.
މިއަހަރު ހުޅުވާ އެންމެ ލަގްޒަރީ 10 ހޮޓެލް ލިސްޓުގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ބުރުމާ، މެލޭޝިޔާ، ޕެރިސް، އައިސްލޭންޑް، ސެންޓޯރިނީ އަދި ނިއުޔޯކްގެ ހޮޓެލްތައް ހިމެނެއެވެ.