ވިޔަފާރި

މުދާ ހުސްކުރާ ފަރާތްތައް އަލުން ރަޖިސްޓަރވުމަށް އަންގައިފި


މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ ޚިދުމަތްދޭ ފަރާތްތައް، ނުވަތަ މަޖޫރީން އަލުން ރަޖިސްޓްރީވުމަށް އެމްޕީއެލްއިން ފުރުޞަތު ހުޅުވާލައިފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލް އިން އާންމުކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މާލޭ ވިޔަފާރި ބަނދަރުގައި މުދާ ހުސްކުރުމުގެ ޚިދުމަތްދެމުންދާ ފަރާތްތައް ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ކުރަން ޖެހޭ ކަމަށެވެ.

އެމްޕީއެލް އިން ބުނީ މިގޮތަށް ނިންމީ މާލޭ ވިޔަފާރި ބަނދަރުން މުދާ ހުސްކުރުމުގެ ޚިދުމަތް ދިނުމުގައި އަގު ކަނޑައެޅޭނެ ރޭޓުތައް އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާތީ އެ ރޭޓްތަކަށް މުދާ ހުސްކުރުމުގެ ޚިދުމަތް ދެވޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުންކަމަށެވެ. އެހެންކަމުން މި މުއްދަތުގައި އަލުން ރަޖިސްޓަރ ނުކުރާ ފަރާތްތަކުގެ ހުއްދަ ބާޠިލްވާނެ ކަމަށްވެސް އެމްޕީއެލްއިން ބުނެެއެވެ.

މާލޭގެ މަގުތައް ތޮއްޖެހުންކުޑަކުރުމަށް ދުވާލުގަޑީގައި މުދާ އުފުލުން ހުއްޓުވާ މުދާ އުފުލުމަށް ވަކި ގަޑިތަކެއް މިމަހުގެ އެއްވަނަ ދުވަހު ކަނޑައެޅުމާ ގުޅިގެން މުދާ ހުސްކުރަ ފަރާތައްތަކާއި މުދާ ޑެލިވަރީކޮށްދޭ ބައެއް ފަރާތްތަކުން އެޚިދުމަތުގެ އަގުތައްވަނީ ބޮޑުކޮށްފައެވެ.