ޚަބަރު

އެމްޑީޕީ އޭދަފުށީ ގޮފީގެ ރައީސް ޕީޕީއެމަށް ސޮއިކޮށްފި


އެމްޑީޕީ އޭދަފުށީ ގޮފީގެ ރައީސް މުޙައްމަދު ޝާކިރު ވެރިކަންކުރާ ޕީޕީއެމަށް ސޮއިކޮށްފިއެވެ. ޝާކިރުއާއެކު އޭދަފުށީގެ އިތުރު ޒުވާނުންތަކެއްވެސް ވަނީ ޕީޕީއެމަށް ސޮއިކޮށްފައެވެ.

ޝާކިރު ޕީޕީއެމަށް ސޮއިކުރީ ޕީޕީއެމްގެ ނައިބް ރައީސް ޢަބްދުއްރަޙީމް އަބްދުﷲ އާއި ނައިބް ރައީސް މޫސާ ޒަމީރު އާއި ސެކްރެޓަރީ ޖެނެރަލް ޑރ. ޢަބްދުﷲ ޚަލީލްގެ ހާޒިރުގައި ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އޭދަފުށީ ގޮފީގެ ރައީސް މުޙައްމަދު ޝާކިރުއަށް ހަވާލާދީ ޕީޕީއެމުން ބުނީ އޭނާ ޕީޕީއެމާ ގުޅިފައިވަނީ ރައީސް ޔާމިން ގެންނަމުންދާ ތަރައްޤީގެ ސަަބަބުން ކަމަށެވެ. އެގޮތުން ރާއްޖޭގެ ރަށްތަކަށް ބަލާލުމުން، ތަރައްޤީ އަންނަނީ ހަމައެކަނި އޭދަފުއްށި ފަދަ އާބާދީ ބޮޑެތި ރަށްތައް ނޫންކަމަށާއި، އާބާދީގެ ގޮތުން ކުދި ރަށްރަށް ގެންނަ ތަރައްޤީ އިން ދައްކުވައިދެނީ މި ސަރުކާރުން ކޮންމެ ރައްޔިތަކާއި މެދުވެސް ގެންގުޅޭ ހަމަހަމަ އުސޫލު ކަމަށެވެ. އަދި ތަރައްޤީ ގެނެވޭނީ ތަރައްޤީ ގެންނަ ސަރުކާރަކަށް އެއްބާރުލުން ދީގެންކަމަށް ޕީޕީއެމުން ބުނެއެވެ.

ޕީޕީއެމުން ބުނީ ޝާކިރު ޕީޕީއެމާ ގުޅުމަކީ އެ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިކަމުން ހާމަވެގެންދަނީ ރައީސް ޔާމިން ޤައުމަށް ގެންނަމުންދާ ތަރައްޤީ އިދިކޮޅު ފަރާތްތަކުންވެސް ބަލައިގަންނަކަން ކަމަށެވެ. ޕީޕީއެމުން ބުނީ ޝާކިރު ޕީޕީއެމާ ގުޅުމަކީ އެ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިކަމުން ހާމަވެގެންދަނީ ރައީސް ޔާމިން ޤައުމަށް ގެންނަމުންދާ ތަރައްޤީ އިދިކޮޅު ފަރާތްތަކުންވެސް ބަލައިގަންނަކަން ކަމަށެވެ.