ޚަބަރު

ކެފޭ ރެސްޓޯރަންޓްތައް 01:00 ޖަހާއިރު ޕެޓްރޯލް ޝެޑް 12:00 ބަންދުކުރަން ނިންމައިފި



ކެފޭ ރެސްޓޯރެންޓްތަކާއި ޕެޓްރޯލް ޝެޑްތައް ބަންދުކުރާ ގަޑިތަކަށް ބަދަލުގެނެސްފިއެވެ.
މިގެނައި ބަދަލާއިއެކު ކެޕޭ ރެސްޓޯރަންޓްތައް މިއަދުން ފެށިގެން ބަންދުކުރާނީ 01:00 ގައެވެ. އަދި ޕެޓްރޯލް ޝެޑް ތައް ބަންދުކުރާނީ 12:00ގައެވެ. މިހާތަނަށް ކެފޭ ރެސްޓޯރަންޓްތައް ބަންދުކުރަމުން އައީ 12:00 ގައެވެ. އަދި ޕެޓްރޯލް ޝެޑްތައް ބަންދުކުރަމުން އައީ 10:00 ގައެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިކޮނަމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢާދަމް ތަޢުފީޤް ވިދާޅުވީ ކެފޭ ރެސްޓޯރެންޓްތަކާއި ޕެޓްރޯލް ޝެޑްތައް ބަންދުކުރާ ގަޑިތަކަށް ބަދަލުގެނައީ މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލުތަކާ ގުޅިގެންކަމަށެވެ.
އިކޮނަމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ ރޭގަނޑު 10 ޖަހާއިރު ފިހާރަތައް ބަންދުކުރިނަމަވެސް ވިޔަފާރިވެރިން ބޭނުންނަމަ ޑެލިވަރީ ކުރުމަށް ދިހައެއްގެ ފަހުންވެސް އެކަންކުރެވޭނެކަމަށެވެ.

"
"ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަން ކުރިން ބާރަޖެހުމާހަމަޔަށް މިހުރީ . އެހެންނަމަވެސް މިހާރު އައި ބަދަލާ ގުޅިގެން ރޭގަނޑު އެކެއްޖެހުމާހަމަޔަށް ހުޅުވާފަ ބެހެއްޓޭނެ. ޕެޓްރޯލް ޝެޑްތައްވެސް ބާރަ ޖަހަންދެން ހުޅުވާފަ ބެހެއްޓޭނެ. ފިހާރަތައް ދިހައެއް ޖަހާއިރުގައި ބަންދުކުރަންޖެހޭނެ. އެހެންނަމަވެސް ވިޔަފަރިވެރިން ސްޓޮކް ރިޕްލޭސްކުރުމަށްޓަކައި ވިޔަފާރިތައް ހުޅުވިފަ ބެހެއްޓިދާނެ. އެހެންނަމަވެސް ވިޔަފާރިކުރުން މަނާވާނެ." ޢާދަމް ތަޢުފީޤް ވިދާޅުވިއެވެ.
ޢާދަމް ތަޢުފީޤް ވިދާޅުވިއެވެ.

މުދާ އުފުލާ ގަޑިތަކުގެ އުސޫލަށް ދެމެހެއްޓެނިވި ގޮތެއްގައި ޢަމަލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް އިކޮނަމިކް މިނިސްޓްރީން ބުނެއެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިކޮނަމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޢާދަމް ތަޢުފީޤް ވިދާޅުވީ މުދާ އުފުލުމަށްގެނައި ބަދަލާ ގުޅިގެން އެ އުސޫލަށް ދެމެހެއްޓެނިވި ގޮތެއްގައި ޢަމަލުކުރުމަށް ވިޔަފާރިވެރިންނާއި ޢާއްމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެކަމަށެވެ. އަދި ގެނައި ބަދަލުތަކުން ވިޔަފާރިވެރިންނަށް ދިމާވާ ދަތިތަކާމެދު މަޝްވަރާކުރަމުންދާކަމަށާއި މުސްތަޤްބަލުގައިވެސް އެފަރާތްތަކާއެކު މަޝްވަރާކުރާނެކަމަށެވެ.
މާލެތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުލާ މުދަލާއި، ޢިމާރާތްކުރުމަށް ބޭނުންވާ ސާމާނުތަކާއި ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތަކުގެ އިތުރުން ބޮޑެތި މުދާފަދަ ތަކެތި އެއްތަނުން އަނެއްތަނަށް ދުވާލު ގަޑީގައި އުފުލުން މަނާކޮށްފައެވެ.
މާލޭގެ މަގުތަކުގައި މުދާ އުފުލޭނީ ހަވީރު 6:00 އިން އިން ހެނދުނު 6:00 އަށެވެ.
ދުވާލުގެ ވަގުތުތަކުގައި މުދާ އުފުލުން މަނާކުރިނަމަވެސް ކައްކަން ބޭނުންކުރާ ގޭސް ދުވާލުގެ ބައެއް ވަގުތަކުގައި ޑެލިވަރީކުރުމުގެ ހުއްދަވަނީ ދީފައެވެ.
އެގޮތުން ދުވާލު ގޭސް ޑެލިވަރީ ކުރެވޭނީ ހެދުނު 8:30 މެންދުރު 11:00 އާ ހަމައަށެވެ. އަދި ރޭގަޑުވެސް ގޭސް ޑެލިވަރީކުރެވޭނެކަމަށްވެސް ޓްރާންސްޕޯރޓް އޮތޯރިޓީން ބުނެއެވެ. އެގޮތުން ހަވީރު 6:00 ހެނދުނު 6:00 ކައްކަން ބޭނުންކުރާ ގޭސް ޑެލިވަރ ކުރެވޭނެއެވެ.