ޚަބަރު

ޕެންޝަން ސްކީމުގައި ބިދޭސީން ބައިވެރިކުރުމަށް ޚާއްޞަ ޤަވާޢިދެއް އެކުލަވައިލައިފި


ރިޓަޔަރމެންޓް ޕެންޝަން ސްކީމްގައި ރާއްޖޭގައި ވަޒީފާއަދާކުރާ ބިދޭސީންނަށް ބައިވެރިވެވޭނެ ޚާއްޞަ ޤަވާއިދެއް އެކުލަވާލައިފިއެވެ.
ރާއްޖޭގެ ރިޓަޔަމެންޓް ޕެންޝަން ސްކީމުގައި ބިދޭސީ މުވައްޒަފުން ބައިވެރިކުރުވުމާއި، ސްކީމުގެ ދަށުން ފޯރުކޮށްދޭން ޖެހޭ ޢިނާޔަތްތައް ބިދޭސީ މުވައްޒަފުންނަށް ފޯރުކޮށްދިނުމާބެހޭ މިޤަވާއިދު މިހާރު ވަނީ ގެޒެޓުގައި ޝާޢިއުކޮށްފައެވެ.
ދިވެހި ރާއްޖޭގެ ޕެންޝަނާބެހޭ ޤާނުނުގެ ދަށުން އެކުލަވާލާފައިވާ މި ޤަވާއިދުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖޭގައި ވަޒީފާއަދާކުރާ އުމުރުން ސޯޅަ އަހަރާއި ފަސްދޮޅަސް ފަސް އަހަރާ ދެމެދުގެ ބިދޭސީންނަށް ވަނީ ހުޅުވާލާފައެވެ. މި ސްކީމުގެ ޤަވާޢިދުގައިބުނާ ކަންކަން ފުރިހަމަވާނަމަ ވަޒީފާދޭ ފަރާތުން މުވައްޒަފުގެ ރުހުމާއެކު މި ސްކީމް ގައި އެ މުވައްޒަފުން ބައިވެރި ކުރެވޭނެއެވެ. އަދި މި ސްކީމުގެ ދަށުން ބިދޭސީ މުވައްޒަފުންނަށް ދޭންޖެހޭ އިނާޔަތްތައް ހިސާބު ކުރުމާއި ދިނުން އޮންނާނީ ޕެންޝަން ސްކީމްގެ ދަށުން އެކުލަވައިލެވިފައިވާ ޤަވާއިދާ އެއްގޮތައްކަމައްވެސް މި އިޢުލާނުގައިވެއެވެ.