ޚަބަރު

މުވައްޒަފުން ވަކިކުރީ ހިންގުން ހަރުދަނާކުރުމަށް - އެމްޕީއެލް


މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ހަތަރު މުވައްޒަފުން ވަކިކޮށްފައިވަނީ ސިޔާސީ ގޮތުންކަމަށް ދޭހަވާ ފަދަ މޭރުމަކުން ބައެއް އޮންލައިން ނޫސްތަކުގައި ޝާއިޢުކޮށްފައިވާ ޚަބަރު އެމްޕީއެލްއިން ދޮގުކޮށްފިއެވެ.

އެމްޕީއެލްގެ 4 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އެ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރެއިންނެވެ. އެމްޕީއެލްގެ ހިންގުމުގެ ނިޒާމަށް މިއަދު ބަދަލުތަކެއް ގެނެސްފައިވާއިރު، އެހެނިހެން ކުންފުނިތަކުގެ ހިންގުމުގެ ނިޒާމަށްވެސް ދޭތެރެ ދޭތެރެއިން ބަދަލުތައް ގެންނަމުންދާކަން އެމްޕީއެލުން ފާހަގަކުރެއެވެ.

އަދި މިފަދަ ޚަބަރުތައް ގެނެސްދޭއިރު ކަންހިނގާފައިވާ ގޮތަށް ރިޢާޔަތްކުރުމަށް އެކުންފުނިން އިލްތިމާސްކުރެއެވެ.