ޚަބަރު

7000 ފްލެޓަށް އެދުމުގެ ފުރުޞަތު ކުރިއަށް އޮތް 2 ހަފްތާގައި ހުޅުވާލަނީ


ސަރުކާރުން ހިންގާ ގެދޮރުވެރި ކުރުމުގެ މަޝްރޫޢުގެ ދަށުން އަލަށް ޢިމާރާތްކުރާ ހައުސިން ޔުނިޓުތަކަށް އެދި ކުރިމަތިލުމުގެ ފުރުސަތު ކުރިޔަށް އޮތް ދެހަފްތާގެތެރޭގައި ހުޅުވާލާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުއިޒް ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ޢިމާރާތްކުރާ 7000 ފެލެޓް ދޭނެ ކެޓެގަރީތަށްވެސް މިހާރު ވަނީ އިޢުލާން ކޮށްފައެވެ. ހައުސިންގ މިނިސްޓަރު މުޢިއްޒު ވިދާޅުވީ ފްލެޓްތަކަށް އެދި ފޯމް ހުށަހެޅުމަށް ހުޅުވާލާއިރު، މީގެ ކުރިން ފޯމް ހުށަހަޅާފައިވާ ފަރާތްތަކުންވެސް އަލުން ފޯމް ހުށަހަޅަން ޖެހޭނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ އެގޮތަށް ނިއްމީ ދިރިއުޅުމުގެ ހާލަތަށް ބަދަލުތަކެއް އައިސްފައި ވާނެތީކަމަށެވެ.

މިނިސްޓަރު މުޢިއްޒު ވިދާޅުވީ ފްލެޓް ތަކަށް އެދި ހުށަހަޅާ ފަރާތްތަކަށް ޕޮއިންޓް ދޭނެ އުސޫލަށްވެސް ބައެއް ބަދަލުތައް ގެނެސްފައިވާކަމަށެވެ. މިގޮތުން އެކުގައި އުޅޭ ޢާއިލާއަށް ޖުމްލަ ލިބޭ ޢާމްދަނީ 7000 ރުފިޔާއަށް އަރާނަމަ ޝަރުޠު ހަމަވާނެކަމަށާއި ސަރުކާރުގެ އަމާޒަކީ ވިހާވެސް އަގުހެޔޮކޮށް ގޮދެރުފޯރުކޮށްދިނުންކަމަށެވެ. އަދި ކުރީގެ މަސްރޫޢުތަކުގައި ދަރިންގެ ޢުމުރު ހިމެނާފައިވީނަމަވެސް މިފަހަރު ޢުމުރު ހިމަނާފައި ނުވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ މި 7000 ފުލެޓުގެ މަސައްކަތް ނިމުމުގެ ކުރިން މި ފްލެޓްތައް ލިބޭނެ މީހުން ކަނޑައެޅުންކަމަށެވެ. މިގޮތުން އޮގަސްޓް މަސް ނިމުމުގެ ކުރިން ފުލެޓް ލިބޭނެ މީހުން ކަނޑައެޅޭނެކަމަށްވެސް މިނިސްޓަ ވިދަޅުވިއެވެ.