ޚަބަރު

ރައީސްގެ ޚާއްޞަ މަންދޫބެއްގެ ގޮތުން ފޮރިން މިނިސްޓަރ ކުވައިތަށް


ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ފޮރިން މިނިސްޓަރ ޑރ. މުޙައްމަދު އާސިމް ކުވައިތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.
މި މަހުގެ 28 ން 30 އަށް އެމަނިކުފާނު ކުވައިތައް ކުރައްވާ މި ދަތުރުފުޅުގައި، ކުވައިތުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއަރޒް، ޝެއިޚް ޞަބާޙް ޢާލް ޚާލިދް ޢާލް ޙަމަދް ޢާލް ޞަބާޙާ ބައްދަކުރައްވައި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ފޮރިން މިނިސްޓަރ ޑރ. އާސިމް ކުވައިތަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައިި މިނިސްޓްރީގެ ސެކްރެޓަރީ ބައިލެޓްރަލް އަޙްމަދު ޚަލީލާއި ދިވެހި ސަރުކާރުން ކުވައިތަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު އަލްފާޟިލް ޢަބްދުﷲ ޙަމީދާއި ޑިރެކްޓަރ އަލްފާޟިލް ޢަބްދުލް ވާރިޘް ސަޢީދު ބައިވެރިވަޑައިގަންނަވައެވެ.