ވިޔަފާރި

އުރީދޫއިން ސެމްސަންގގެ އެންމެފަހު ފޯނު ވިއްކަން ފަށަނީ


ސެމްސަންގުން އެންމެފަހުން ބާޒާރަށް ނެރުނު ސްމާރޓްފޯނު އެސް 9 އަދި އެސް 9 ޕްލަސް އުރީދޫން ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.

އުރީދޫން ސެމްސަންގ އެސް 9 އަދި އެސް 9 ޕްލަސް ތައާރަފްކޮށްފައިވަނީ، މިކަމަށްޓަކައި ބްރިޖް ވިއުއިން ޕްލެޓްފޯމްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ދެ ފޯނު ތައާރަފްކޮށްދެއްވީ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ހާން އާއި ސެމްސަންގ ސްރީލަންކާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޕާކް އެވެ.

އުރީދޫން ވަނީ، ސެމްސަންގ އެސް 9 އަދި އެސް 9 ޕްލަސް މަހުން މަހަށް ފައިސާ ދައްކައިގެން ގަނެވޭނޭ އިންތިޒާމު ހަމަޖައްސާފައެވެ. މިގޮތުން މަހަކު 892 ރުފިޔާ ދައްކައިގެން އުރީދޫ ކަސްޓަމަރުންނަށް ފޯންތައް ގަތުމުގެ ފުރުސަތު މިހާރު ޕޯސްޓްޕެއިޑް ޕްލޭނެއްގެ ދަށުން ހުޅުވާލާފައިވާކަމަށް އުރީދޫން ބުނެއެވެ.

މި ޕްލޭންގެ ދަށުން ޑައުން ޕޭމަންޓްގެ ގޮތުގައި 1،999 ރުފިޔާ ދައްކަންޖެހޭއިރު، މަހުފީގެ ގޮތުގައި ދައްކަންޖެހެނީ 892 ރުފިޔާ އާއި 1،100 ރުފިޔާއާއި ދެމެދުގެ އަދަދެކެވެ. އުރީދޫން ބުނީ މި ޕްލޭންގެ ދަށުން ފޯނު ގަންނަ ކަސްޓަމަރުންނަށް އެއްއަހަރުގެ މުއްދަތަކަށް، މަހަކު 3 ޖިބީ ޑޭޓާ ހިލޭ ލިބޭނެކަމަށެވެ.