ޚަބަރު

ސްކޫލްކުދިންގެ 2 ވަނަ ޤުރުއާން މުބާރާތް މާދަމާ ފަށާނެ


431 ދަރިވަރުންނާއި އެކު ސްކޫލު ކުދިންގެ 2 ވަނަ ޤައުމީ ޤުރްއާން މުބާރާތް މަދާމާ ފަށާނެއެވެ. މަދާމާ ހެދުނު އަށެއް ޖަހާއިރު ފަށާ މި މުބާރާތުގައި މި ފަހަރު 71 ސްކޫލަކުން ދަރިވަރުން ވާދަކުރާނެއެވެ. 

މިއަހަރުގެ މުބާރާތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 5 ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ހެނދުނު ދެދަންފަޅިއަކަށް ކިޔެވުމަށް ހަމަޖެހިފައިވާއިރު މެންދުރާއި، ހަވީރު އަދި ރޭގަނޑުވެސް ކިޔެވުމަށް ހަމަޖެހިފައިވެއެވެ.

މިއަހަރުގެ މުބާރާތްވެސް ކުރިޔަށްދާނީ ތިން ގޮތްޕަކަށް ބަހާލައިގެންނެވެ. އެއީ ފޮތުން ކިޔެވުމުގެ ގޮތްޕާއި ހިތުން ކިޔެވުމުގެ ގޮތްފީގެ އިތުރުން ހާފިޡުންގެ ގޮތްޕެވެ. މި ތިންގޮފި ތިން ބަޔަކަށް ބަހާލާފައިވާއިރު ބަލައިގެން ކިޔެވުމުގެ ބައިގައި 5 ފޮތާއި 10 ފޮތާއި 15 ފޮތުން ތަޖުވީދުގެ ހަމަތަކަށް ކިޔެވުން ހިމެނެއެވެ. ހިތުން ކިޔެވުމުގެ ބައިގައި ހިމެނެނީ 2 ފޮތާއި، 4 ފޮތާއި، 6 ފޮތް ތަޖުވީދުގެ ހަމަތަކަށް ކިޔެވުމެވެ. އަދި ހާފިޡު ކަމުގެ ބައިގައި މުޅި ޤުރުއާން ހިތުދަސްވެފައިވުމާއެކު ތަޖުވީދު ހަމަތަކުން ކިޔެވުން ހިމެނެއެވެ. 

މުބާރާތުން ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމުގެ އިތުރުން ހާފިޡުކަމުގެ ގޮފިން އެންމެ މޮޅު 3 ދަރިވަރަކު ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި މިބާރާތުން ބަލައިގެން އަދި ހިތުން ކިޔެވުމުގެ ގޮފިން އެންމެ މޮޅު ތިން ސްކޫލެއް ހޮވުމަށް ހަމަޖެހިފައިވާކަމަށްވެސް ކީރިތި ޤްރުއާނާ ބެހޭ މަރުކަޒުން ބުނެއެވެ.

މި ފަހަރުގެ ކިޔެވުން ކުރިޔަށްދާނީ އަރަބިއްޔާ ސްކޫލްގައެވެ.