ޚަބަރު

އިސްލާމީ މަރުކަޒު މަރާމާތު ކުރުމުގެ ހުރިހާ ޚަރަދެއް ޔޫ.އޭ.އީ އިން ދެނީ





 


އިސްލާމީ މަރުކަޒު ، މަރާމާތު ކުރުމުގެ ހުރިހާ ޚަރަދެއް ރާއްޖެއަށް ފޯރުކޮށްދިނުމަށް ޔޫ.އޭ.އީ ސަރުކާރުން ނިންމާފައިވާ ކަމަށް ނާއިބް ރައީސް ޑޮކްޓަރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.


ނާއިބް ރައީސް ވިދާޅުވީ ، އިސްލާމީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތް އެކި ‏‏ފިޔަވައްސަށްބަހައިގެން، ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިންވެސް، ބައެއް މަސައްކަތް ‏‏ކުރިއަށްގެންދިޔުމަށް،ޔޫ.އޭ.އީ. ސަރުކާރުންމިހާރު އެއްބަސްވެފައިވާ ކަމަށެވެ.


 
 


މިސްކިތު ފަންޑަށް މިދިޔަ އަހަރު ލިބުނު ފައިސާ އިން އިސްލާމީ މަރުކަޒާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ހުރި މިސްކިތްތަކުގެ މަރާމާތުކުރުމުގެ މަސައްކަތްތަކެއް އިސްލާމިކް މިނިސްޓްރީންވަނީ ކޮށްފައެވެ. އެހެން ނަމަވެސް މިސްކިތުފަންޑުގައި މިހާރު އެހާވަރަށް ފައިސާ ނެތުމުން އިސްލާމިކް މިނިސްޓްރީން މިހާރު ދަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި މިސްކިތް މަރާމާތުކުރުމުގެ މަސައްކަތަށް ބޭނުންވާފައިސާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.