ޚަބަރު

ކުރިމިނަލްކޯޓުން ޙުސްނުއްސުޢޫދު ސަސްޕެންޑުކޮށްފި


ކުރިމިނަލް ކޯޓުގައި ކުރިޔަށް ގެންދާ އެއްވެސް ޝަރީއަތެއްގައި ވަކާލާތު ނުކުރެވޭ ގޮތަށް ޤާނޫނީ ވަކީލު ޙުސްނުއްސުޢޫދު ސަސްޕެންޑްކޮށްފިއެވެ. 

ކުރިމިނަލްކޯޓުން ބުނީ ސުޢޫދު ސަސްޕެންޑްކުރީ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވާ މައްސަލާގައި ސުޢޫދު ދެކެއްވި ވާހަކަތަކުގެ ސަބަބުންނެވެ. 

މިގޮތުން ސުޢޫދު ދައްކަވާފައިވާ ވާހަތަކުގައި އާންމުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދިދާނެކަމަށް ބެލެވޭކަމަށާ، ޢާއްމު މީޑިއާ މެދުވެރިކޮށް މި މައްސަލައަށް ނުފޫޒު ފޮރުވަން މަސައްކަތްކޮށްފައިވާކަމަށެވެ. އަދި ކުރިމިނަލްކޯޓްހގެ ގާޟީންނާއި މެދު އާންމުގެގެ ހިތްތަކުގައި ނަފުރަތު އުދެފޭގޮތަށް ކޯޓްގެ ޙުރުމަތް ކެނޑޭނެހެން ހަޤީޤަތާ ޚިލާފު ވާހަކަތައް މީޑިއާއަށް ދީފައިވާކަމަށްވެސް  ކުރިމިނަލްކޯޓުން ބުނެއެވެ. އަދި އެ މައްސަލައާއި ގުޅިގެން ކޯޓަށް ޙާޒިރުވުމަށް ފޮނުވި އަމުރާ ޙަވާލުވެ، ޙުސްނުއްސުޢޫދު ކޯޓަށް ޙާޒިރުވެފައިނުވާކަމަށްވެސް ކުރިމިނަލްކޯޓުން ސުޢޫދު ސަސްޕެންޑްކުރަން ނިންމި ނިންމުމުގައިވެއެވެ. 

އަދި ސުޢޫދުގެ މައްސަލާގައި ވަކިގޮތަކަށް ކަނޑައަޅަންދެން މިއަދުން ފެށިގެން ކުރިމިނަލް ކޯޓުގައި ހިގަމުންދާ އެއްވެސް މައްސަލައެއްގައި ޤާނޫނީ ވަކީލެއްގެ ޙައިސިއްޔަތުން ސުޢޫދު ބަލައި ނުގަންނާނެކަމަށްވެސް ކުރިމިނަލްކޯޓުގެ ނިންމުމުގައިވެއެވެ.