ޚަބަރު

ނަވާޒްގެ ޓްވިޓަރ އެކައުންޓް ވަނީ ހެކްކޮށްފައި- ފުލުހުން


އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ޢަބްދުﷲ ނަވާޒްގެ ޓްވިޓަރ އެކައުންޓް ހެކް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އަބްދުﷲ ނަވާޒްގެ އެކައުންޓް ހެކް ކޮށްފައިވާކަމަށާއި، އެ އެކައުންޓުން ފަތުރަމުންދަނީ ތެދު މައުލޫމާތު ނޫން ކަމަށެވެ. އަދި އެފަދަ އޮޅުންއަރާ މައުލޫމާތު ނުފެތުރުމަށްވެސް އެދިފައެވެ.

tw:https://twitter.com/PoliceMv/status/974762853054824448 އެކްޓިންގ ސީޕީ އަބްދުﷲ ނަވާޒްގެ ޓްވިޓަރ އެކައުންޓް ހެކްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު ރޭ އިދިކޮޅު ފަރާތަކުން ކުރަމުންދިޔަ މުޒާހާރާގައި ބައިވެރިވުމަށް ހުރިހާ ފުލުހުނަށް ގޮވާލާކަމަށް ނަވާޒްގެ އެކައުންޓުން ޓްވީޓެއްކޮށްފައެވެ.