ޚަބަރު

ހަބޭސްގެ ރޯދަހަދިޔާ، މިފަހަރުވެސް މަދަހަ އަލްބަމެއް


މިފަހަރުވެސް ރޯދަ ހަދިޔާއެއްގެ ގޮތުން މަދަހަ އަލްބަމެއް ނެރުމަށް ނިންމާފައިވާކަމަށް ބޮޑުބެރާއި މިއުޒިކް ދާއިރާއިން މަޝްހޫރު ގުރޫޕް ހަބޭސް އިން ބުނެފިއެވެ. 

ރާއްޖޭގެ މަޝްރޫހު ބޮޑުބެރު ގުރޫޕް ހަބޭސްއިން މިދިޔަ އަހަރުގެ ރަމްޞާން މަހާ ދިމާކޮށްވެސްވަނީ މަދަހަ އަލްބަމެއް ނެރެ އާންމުންނަށް ހިލޭ ފޯރުކޮށްދީފައެވެ. ހަބޭސްގެ މެނޭޖަރ އަލީ ޝިފާޢު ބުނީ، މިދިޔަ އަހަރު އެގްރޫޕުން ނެރުނު "ޒަމާން" މަދަހަ އަލްބަމަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާތީ، ރަމްޟާން މަހާ ދިމާކޮށް މަދަހަ އަމްބަމެއް ހިލޭ ފޯރުކޮށްދިނުމަކީ ރަނގަޅު ހަދިޔާއެއްކަމަށް ޤަބޫލްކުރެވޭކަމަށެވެ.

"މިސްކު"ގެ ނަމުގައި މިއަހަރު ނެރުމަށް ހަމަޖެހިފައިވާ މަދަހަ އަލްބަމަށް މަދަހަ ކިޔުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާފައިވާކަމަށްވެސް އޭނާ ބުންޏެވެ. މިދިޔަ އަހަރު ރަމަޟާން މަހާ ދިމާކޮށް ހަބޭސްއިން ނެރެފައިވަނީ މިއުޒިކާ ނުލައި ކިޔާފައިވައިވާ އަމިއްލަ ރާގުގެ މަދަހަ އަލްބަމެެކެވެ. ވީޑިއޯއާއެކު ތައްޔާރުކޮށްފައިވާ މި އަލްބަލްގެ ދެހާހަށްވުރެ ކޮޕީ ބަހާފައިވާކަމަށް ހަބޭސްއިން ބުނެއެވެ.

ރަމަޟާންމަހަށް ޚާއްޞަކޮށްގެން ހަބޭސްބޮޑުބެރު ގްރޫޕުން ތައްޔާރު ކުރާ "މިސްކު" މަދަހަ އަލްބަމަކީ  ހަބޭސްގެ ސަޕޯޓަރުންނަށް ދޭ ރޯދަ ހަދިޔާއެއް ކަމަށް އެގްރޫޕުން ބުނެއެވެ.