ކުޅިވަރު

މެލޭޝިޔާ ކުންފުންޏެއްގެ ބްރޭންޑް އެމްބެސެޑަރަކަށް ހަސަން


ކާސެލް ސްޕޯޓްސްގެ ރާއްޖޭގެ ބްރޭންޑް އެންބަސަޑަރަކަށް ޤައުމީ ކްރިކެޓް ޓީމްގެ ކެޕްޓަން ހަސަން އިބްރާހީމް ހަމަޖައްސައިފިއެވެ. 

މެލޭޝިޔާގެ ކާސެލް ސްޕޯރޓްސްއަކީ މެލޭޝިޔާގައި ކްރިކެޓް ކުޅުމަށް ބޭނުންވާ ސާމާނު އުފައްދާ، ވިއްކާ މަޝްހޫރު ކުންފުންޏެކެވެ. އެކުންފުންޏަކީ މިސަރަހައްދުގެ ޤައުމްތަކުގެ މެދުގައިވެސް މަޝްހޫރު ކުންފުންޏެކެވެ. 

ކާސެލް ސްޕޯރޓްސްގެ ރާއްޖޭގެ ބްރޭންޑް އެންބަސަޑަރަކަށް ޤައުމީ ކްރިކެޓް ޓީމްގެ ކެޕްޓަން ހަސަން އިބްރާހީމް ހަމަޖައްސުމާ ގުޅިގެން ހަސަން ކުޅުމަށް ބޭނުންވާ ހުރިހާ ސާމާނެއް ދިނުމަށް ހަމަޖެހިފައިވަނީ އެކުންފުނިންނެވެ. މެލޭޝިޔާގެ ކާސެލް ސްޕޯރޓްސްއިން ހަސަން ސްޕޮންސަރ ކޮށްފައިވަނީ އެއް އަހަރަށެވެ. 

ކާސެން ސްޕޯޓްސްއިން ހަސަން ސްޕޮންސާރ ކުރުމާއި ގުޅިގެން ހަސަން ބުނީ މިއީ ކްރިކެޓްގައި ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ހިއްވަރެއްކަމަށެވެ. ކްރިކެޓް ބެޓްއެއްވެސް 3000 ޑޮލަރަށް ލިބޭއިރު، މާތީ ގޮތުން މިއީ ލިބުނު ވަރަށް ބޮޑު ފަސޭހައެއްކަން ހަސަން ފާހަގަކުރިއެވެ. ހަސަންއަށް ކާސެލް ސްޕޯރޓްސްއިން ވަނީ ސްޕޮންސާރއާއި އެކު އެންމެ ފުރަތަމަ ދެ ކިޓް ހަދިޔާކޮށްފައެވެ. އަދި އިތުރު ކިޓްތަށްވެސް ރިކުއެސްޓް ކުރަމުންދާވަރަކަށް ލިބެމުންދާނެކަމަށް ހަސަން ބުންޏެވެ.

މެލޭޝިޔާގެ ކާސެލް ސްޕޯރޓްސްއިން ނޭޕާލް އަދި ޕާކިސްތާންގެ ދެ ކުޅުންތެރިއަކާއި އޮސްޓްރޭލިއާ އަދި ސްރީލަންކާގެ ކުޅުންތެރިއަކުވެސް ވަނީ ސްޕޮންސާރކޮށްފަ.އެވެ