މުނިފޫހިފިލުވުން

ޕިއާނޯ ރައުންޑުގެ ބާކީތިބި 8 ބައިވެރިންގެ ހުށައެޅުން މިރޭ


މޯލްޑިވިއަން އައިޑަލް ގަދަ 16 ގެ ބާކީ ތިބި 8 ބައިވެރިންގެ ފޯރިގަދަ ހުށައެޅުންތަކާއެކު ޕިއާނޯ ރައުންޑުގެ ދެވަނަ ޝޯވ މިރޭ އޮންނާނެއެވެ. 

ޕިއާނޯ ރައުންޑުގެ ދެވަނަ ޝޯވ ޓީ.ވީ.އެމުން ގެނެސްދޭނީ މިރޭ 22:30 ގައެވެ. 

tw:https://twitter.com/Maldivian_Idol/status/971300231596867584

ތިއޭޓަރ ރައުންޑުން ޖުމްލަ 4 ބައިވެރިއަކު ގޯލްޑަން މައިކް ޙާސިލްކޮށްފައިވާއިރު، މީގެ ތެރެއިން 3 ބައިވެރިއެއްގެ ހުށައެޅުން މިރޭގެ ޝޯވއިން ފެނިގެންދާނެއެވެ. 

އެއީ އައިމިނަތު ސައިނާ މުޙައްމަދު ރަޝީދާއި ޢިބްރާހީމް ޝަމީލާއި ޙަސަން ޝަހުދާނެވެ. 

މި 3 ބައިވެރިންގެ އިތުރުން މިރޭގެ ޝޯވގައި ލަވަ ހުށައަޅާނީ އަޙްމަދު ނަޒީޙާއި ތަސްލީމް ޢަބްދުލްކަރީމާއި، ނައުޝާދު ޢަބްދުލްލަތީފާއި، މޫސާ އިޝާންގެ އިތުރުން މަރިޔަމް ސަލްވާއެވެ. 

އެހެންކަމުން މިދިޔަ ހަފްތާގެ ޝޯވއަށްވުރެ މި ހަފްތާގެ ޝޯވ ފޯރިގަދަވެފައި، ވާދަވެރިކަން އިތުރުވާނެކަމަށް ބެލެވެއެވެ. 

tw:https://twitter.com/Maldivian_Idol/status/970982827964551168

ޕިއާނޯ ރައުންޑުގެ ޝޯވތަކާއެކު، ކުރިއަށްހުރި ޝޯވތަކަށް ދަތުރުކުރާނެ ބައިވެރިން ކަނޑައެޅުމުގެ ފުރުޞަތު ޖަޖުންގެ އިތުރުން ބެލުންތެރިންނަށް ހުޅުވާލާފައިވާއިރު، މިރޭގެ ޝޯވގައިވެސް ޕަރފޯމްކުރާ 8 ބައިވެރިންގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކު ހޮވުމަށް ވޯޓުލުމަށްޓަކާ އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ޝޯވ ދައްކާ ވަގުތުން ފެށިގެން މާދަމާގެ ހަވީރު 4 ޖެހުމާއި ހަމައަށް އޮންނާނެއެވެ. އަދި މި 8 ބައިވެރިންގެ ތެރެއިން ގާލާ ރައުންޑަށް ދަތުރުކުރާނެ ބައިވެރިން އިޢުލާން ކުރުން އޮންނާނީ މާދަމާ ރޭ ބާއްވާ "އެލިމިނޭޝަން ނައިޓް" ޝޯވްގައެވެ. 

މޯލްޑިވިއަން އައިޑަލްގެ މިހަފްތާގެ ޝޯވތަކާއެކު، މިފަހަރުގެ ސީޒަންގެ ގަދަ 12 ކަށަވަރުވެގެންދާނެއެވެ.