މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ސީޒަން 3: ޕިއާނޯ ރައުންޑުގެ ޝޯވތައް މިރޭ!


މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ 16 ބައިވެރިންނާއެކު ބާއްވާ ޕިއާނޯ ރައުންޑުގެ ޝޯވތައް މިރޭ ފަށާނެއެވެ. 

އައިޑަލް ސީޒަން ތިނެއްގެ ގަދަ 16 ހޮވާފައިވަނީ އޯޕަން އޮޑިޝަންތަކުން ޖަޖުންނަށް އެންމެ ކަމުދިޔަ 33 ބައިވެރިންގެ މެދުގައި ބޭއްވި ތިއޭޓަރ ރައުންޑުންނެވެ. ގަދަ 16 އަށް ދަތުރުކުރި ބައިވެރިންގެ ތެރޭގައި، ގޯލްޑަން މައިކް ޙާސިލްކުރި 4 ބައިވެރިއަކުވެސް ހިމެނެއެވެ. ޕިއާނޯ ރައުންޑުގެ ފުރަތަމަ ޝޯވ މިރޭ 22:30 ގައި ޓީވީއެމުން ގެނެސްދޭއިރު، ގަދަ 16 ބައިވެރިންގެ ތެރެއިން މިރޭގެ ޝޯވގައި ފެނިގެންދާނީ 8 ބައިވެރިއެއްގެ ހުށައެޅުންތަކެވެ.

tw:https://twitter.com/Maldivian_Idol/status/969324317531029514

ޕިއާނޯ ރައުންޑުގެ ޝޯވތަކާއެކު، މި މުބާރާތުގެ ފޯރި އިތުރަށް ގަދަވެ، ބައިވެރިންގެ ފަރާތުންވެސް ވާދަވެރިކަމުގެ ކުލަވަރުތައް ފެނިގެންދާނެކަމަށް ބެލެވެއެވެ. ސަބަބަކީ ޕިއާނޯ ރައުންޑުން ފެށިގެން އައިޑަލްގެ ކުރިއަށްހުރި ޝޯވތަކަށް ދަތުރުކުރާނެ ބައިވެރިން ކަނޑައެޅުމުގައި ޖަޖުންގެ އިތުރުން، ބެލުންތެރިންނަށްވެސް އެ ފުރުޞަތު ލިބިގެންދާތީއެވެ. އެގޮތުން މިރޭގެ ޝޯވގައި ލަވަ ހުށައަޅައިދޭ 8 ބައިވެރިންގެ ތެރެއިން ބެލުންތެރިނަށް އެންމެ ކަމުދާ ބައިވެރިއަކު ހޮވުމަށް އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު ޝޯވ ދައްކާ ވަގުތުން ފެށިގެން މާދަމާ ހަވީރު 4 ޖެހުމާއި ހަމައަށް ހުޅުވާލެވިގެންދާނެއެވެ. އަދި ގަދަ 12 އިން ޖާގައެއް ކަށަވަރުކޮށް، ގާލާ ރައުންޑަށް ދަތުރުކުރާ ފުރަތަމަ 6 ބައިވެރިން އިޢުލާން ކުރުމަށް ބާއްވާ އެލިމިނޭޝަން ނައިޓް މާދަމާ ރޭ އޮންނާނެއެވެ. 

tw:https://twitter.com/Maldivian_Idol/status/967487250379362304

ކުރީ ސީޒަންތަކާއި ޚިލާފަށް މިފަހަރުގެ ސީޒަންގައި ޖަޖުންގެ ޕެނަލް 3 އަކުން 4 އަކަށް އިތުރުވެފައިވާއިރު، މިއީވެސް ބައިވެރިންނަށް އިތުރު ޗެލެންޖެއް ގެނުވާނެކަމެކެވެ.