ޚަބަރު

މަސައްކަތެއްކުރާތީ ބައެއް ސަރަޙައްދުތަކުން މިރޭ ފެން ކަނޑާލާނެ


ފެނުގެ ވިއުގައިގެ މެއިންޓަނަންސް މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ މިރޭ މެންދަމު 12 އިން ފެށިގެން ފަތިހު 5 އަށް މާލޭގެ ބައެއް ސަރަޙައްދުތަކުން ފެނުގެ ޚިދުމަތް މެދުކެނޑިދާނެކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ. 

އެމްޑަބްލިއުއެސްސީން ބުނީ މިރޭ ފެނުގެ ޚިދުމަތް މެދު ކަނޑާލާ ސަރަޙައްދުތަތަކީ މާފަތްތަކުރުފާނު މަގު ހިމެނޭ ބްލޮކްތަކާއި ބޮޑުތަކުރުފާނުމަގާއި ކޮއިމަލާ ހިނގުމާ ގުޅޭ ހިސާބުތަކުގައި ހުރި ބްލޮކްތައްކަމަށެވެ.