ތަރައްްޤީ

12 ރަށެއްގައި އާރުއޯ ޕްލާންޓް ޤާއިމްކުރަނީ


12 ރަށެއްގައި އާރުއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ޤާއިމްކުރުމުގެ މަޝްރޫ ކުރިޔަށް ގެންދިއުމަށް ސަރުކާރުން ނިންމައިފިއެވެ.

މިއީ ދިވެހި ސަރުކާރަށް އޯޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ލޯނު އެހީގެ ގޮތުގައި ލިބިފައިވާ ފައިސާއިން ހިންގަން ނިންމާފައިވާ މަޝްރޫތަކެކެވެ. މިމަޝްރޫތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އެންވާރަމަންޓް އެންޑް އެނާރޖީގެ ދަށުން ކޮންޓްރެކްޓަރުންނާ ހަވާލްކޮށްގެނެވެ.

މިގޮތުން މިމަޝްރޫގެ ފުރަތަމަ ފިޔަވަހީގައި 7 ރަށެއްގައި އާރުއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ޤާއިމްކުރުމަށް ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓްރީން މަޢުލޫމާތުދެއެވެ. އެއީ ހދ.ކުމުންދޫ، ހދ. ވައިކަރަދޫ، ހދ. ނޮޅިވަރަމް، ހދ.މަކުނުދޫ، ނ. ހޮޅުދޫ، ރ. އިނގުރައިދޫ އަދި ރ. މާކުރަތުގައެވެ. މިމަޝްރޫތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމަށް ފިނޭންސް މިނިސްޓްރީއިން މިހާރުވަނީ އިޢުލާކޮށްފައެވެ. މިގޮތުން މި މަސައްކަތައް އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުސޫލުގެ މަތިން ބީލަން ހުށަހެޅުމުގެ ދަޢުވަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ. ފިނޭންސް މިނިސްޓްރީއިން ބުނީ މިކަމާ ގުޅޭ އިތުރު މަޢުލޫމާތު އެމިނިސްޓްރީގެ ވެބްސައިޓުންނާއި، ގެޒެޓާއި އެންވާރަމަންޓް މިނިސްޓްރީ މެދުވެރިކޮށް ލިބޭނެކަމަށެވެ.