ޚަބަރު

އައިހެވަން މަޝްރޫއުގެ މާސްޓަރ ޕްލޭން ނިމިއްޖެ


އައިހެވަން މަޝްރޫއުގެ މާސްޓަރ ޕްލޭން ނިމިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. މިއަހަރަށް ރައްޔިތުން މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ކުރައްވާ މަސައްކަތްތަކާއި އިޤްތިޞާދީ ދުވެލި ކުރިއަރަމުން އަންނަ މިންވަރުގެ މައްޗަށް ބައްލަވާލައްވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިހަވަންދިއްޕޮޅުގައި ތަރައްޤީކުރެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު "އައިހެވަން" މަޝްރޫޢުގެ އައިހެވަން މަޝްރޫއުގެ މާސްޓަރ ޕްލޭން ނިމިފައިވާކަމަށެވެ. އަދި އެ މަޝްރޫއުގެ ފީސި ބިލިޓީ ސްޓްޑީސް ހަދާ ނިމިފައިވާކަންވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާގައި ހިމެނޭ ސްޕެޝަލް އިކޮނޮމިކް ޒޯން، އެސްއީޒެޑްގެ ޤާނޫނުގެ ދަށުން ތަރައްޤީކުރާ އައިހެވަން މަޝްރޫއުގައި ހިމެނެނީ މައިގަނޑު 6 ކަމެކެވެ. އެއީ ބަނދަރަކާއި އެއަރޕޯޓަކާއި ބަންކަރިންގެ ޚިދުމަތާއި ޝޮޕިން މޯލްތަކުގެ އިތުރަށް، ރިއަލް އެސްޓޭޓާއި ރިސޯޓު ތަރައްޤީކުރުމެވެ.

"އައިހެވަން" މަޝްރޫޢުއަކީ ރައީސް ޢަބްދުﷲ ޔާމީންގެ އިޤްތިޞާދީ ތަޞައްވުރުގައި ހިމެނޭ އެންމެ ބޮޑު އެއް މަޝްރޫޢެވެ. ސަރުކާރުގެ ޢަމާޒަކީ ބޮޑު ޓްރާންސްޝިޕްމަންޓް ބަނދަރެއްގެ އިތުރުން އެއަރޕޯޓަކާއި ޔޮޓް މެރީނާއަކާއި ކްރޫޒް ހަބަކާއި ޑޮކްޔާޑް އަދި ބަންކަރިން ފެސިލިޓީއާއެކު އައިހެވަން ތަރައްޤީ ކުރެއްވުމެވެ. އައިހެވަން މަޝްރޫއުގެ ފީސި ބިލިޓީ ހެދީ އެެމެރިކާގެ ބޮސްޓަން ކޮންސަލްޓެންސީ ގްރޫޕުންނެވެ. އަދި އައިހެވަންގެ މާސްޓަރ ޕްލޭންގެ މަސައްކަތް ކުރީ ސިންގަޕޫރްގެ ކުންފުންޏެއްކަމަށްވާ ސުރުބަނާ ޖުރޮންގްއެވެ.