ޚަބަރު

ފަނޑިޔާރުންގެ މިލްކިއްޔާތުގެ ތަފްސީލް ހޯދަނީ


ރިޝްވަތުނެގުމާއި ދައުލަތަށް ޚިޔާނާތްތެރިވުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބިފަނޑިޔާރުންގެ މިލްކިއްޔާތުގެ ތަފްސީލް ހޯދުމަށް ބައެއް ޤައުމުތަކުގެ އެހީބޭނުންވާނޭކަމަށް ދިވެހިރާއްޖެއިން އީޔޫއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވިދާޅުވެއްޖެއެވެ.

ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅުއްވާފައިހުންނަވާ ދިވެހި ސަފީރު އަހުމަދު ޝިއާން ރޮއިޓަރސްއަށް ދެއްވި އިންޓަވިއެއްގައިވިދާޅުވީ، ފަނޑިޔާރުންގެ އެކައުންޓްތަކަށް އެތައް މިލިއަން ޑޮލަރެއްޖަމާވެފައިވާއިރު، މިދިޔަ ދުވަސްތަކުގެ ތެރޭގައި ހައެއްކަ ޤައުމަށް އެފަނޑިޔާރުންދަތުރުކޮށްފައިވާކަމަށެވެ. އެގޮތުން އިނގިރޭސިވިލާތް، ނެދަރލެންޑްސް، މެލޭޝިޔާ،ސްރީލަންކާ އަދި އިންޑިއާއަށް ފަނޑިޔާރުން ދަތުރުކޮށް، އަގުބޮޑު ތަންތަނާއި މުދާގަނެފައިވާކަމަށް ޝިއާން ވިދާޅުވިއެވެ. އެހެންކަމުން މިތަހުޤީޤަށް އެޤައުމުތަކުގެއެހީތެރިކަން ބޭނުންވާނޭކަމަށް ޝިއާން ވިދާޅުވިއެވެ.

ޝިއާން ވިދާޅުވީ ދެ ފަނޑިޔާރުންގެއެކައުންޓަށް 2.4 މިލިއަން ޑޮލަރު ވަކިވަކިން ޖަމާކޮށްފައިވާއިރު، އެއީފަނޑިޔާރުންނަށް ލިބޭ މުސާރައަށްވުރެ މާބޮޑަށްވެސް ބޮޑު އަދަދެއްކަމަށެވެ.އެހެންކަމުން އެއީ ކިހިނެތް ލިބުނު ފައިސާއެއްތޯ ބަލަންޖެހޭކަމަށެވެ.

img:http://s2.psmnews.mv/images/660x400/15056377421696.jpg|ދަޢުލަތަށް ހިޔާނާތްތެރިވުމުގެ ތުހުމަތާއި ރިޝްވަތު ނެގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

ރޮއިޓަރސްއަށް ދެއްވި އިންޓަވިއުގައި ޝިއާންވިދާޅުވީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއް މަސައްކަތްކުރެއްވީ ޤައުމު ހުއްޓުމަކަށްގެނެސް، ބޮޑު ހަމަނުޖެހުމެއް ޤައުމުގައި އުފެއްދުމަށްކަމަށެވެ. މިގޮތުން ކުއްލިއަކަށް،ކުށްވެރިންތަކެއް ރޭގަނޑު ދަންވަރު ދޫކޮށްލުމަށް އަމުރު ނެރުނުއިރު،ރައީސުލްޖުމްހޫރިއްޔާއާއި ބަންޑާރަ ނާއިބު މަޤާމުން ވަކިކުރަން މަސައްކަތްކުރިކަންޝިއާން ފާހަގަކުރެއްވިއެވެ. ނަމަވެސް ސުޕްރީމް ކޯޓުގައި ބާކީ ތިއްބެވި 3ފަނޑިޔާރުން މިކަމާ ދެކޮޅު ހެއްދެވުމުން، އެކަން ކާމިޔާބުނުވީކަމަށް ޝިއާންވިދާޅުވިއެވެ. މިކަންކަން ކުރެއްވުމަށް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެތުހުމަތު ކުރެވެނީ ކުރީގެ ރައީސް މައުމޫނަށްކަމަށާއި މިހުރިހާ ކަމެއްގެ ބޭނުމަކީޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލުންކަމަށް ޝިއާން ވިދާޅުވިއެވެ.

ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރުވައްޓާލަން މަސައްކަތްކުރުމާއި، އެކަމަށް ރިޝްވަތުދިނުމާއި، ރިޝްވަތު ހިފުމާއިދަޢުލަތަށް ޚިޔާނާތްތެރިވުމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫނާއި ސުޕްރީމްކޯޓުގެ ދެ ފަނޑިޔާރަކާއި އިތުރު ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުންވިދާޅުވާ ގޮތުގައި، އެފަރާތްތަކާ ދެކޮޅަށް އެކަށީގެންވާ ހެކި އެބަހުއްޓެވެ.