ޚަބަރު

ބޯކޮށް ވާރޭވެހި ރަތަފަންދޫގައި ފެންބޮޑުވެއްޖެ


ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގދ.ރަތަފަންދޫގައި ފެން ބޮޑުވެއްޖެއެވެ.

ރޭ މެންދަމުން ފެށިގެން މިއަދު ހެނދުނު ދިހައެއް ޖެހުމާ ހަމައަށް ރަތަފަންދޫއަށް ވަނީ ބޯކޮށް ވާރޭވެހިފައެވެ. ރަތަފަންދޫ ކައުންސިލުން ބުނީ ފެން ބޮޑުވެ އެރަށުގެ އާންމުން ދިރިއުޅޭ ބައެއް ގޭގެއަށާއި ކައުންސިލް އިދާރާއާއި، ސިއްޙީމަރުކަޒަށާއި، ކޯޓާއި ބޭސްފިހާރައަށް ވިއްސާރައިގެ އަސަރުކޮށްފައިވާކަމަށެވެ. އަދި ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކާޑެއްދޫ ޕޯސްޓާއި ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިންނާއި ފުލުހުންނާއި އާންމުން ގުޅިގެން ކުރަމުންދާކަމަށެވެ.

img:http://s3.psmnews.mv/images/660x400/15188597862829.jpg|

ރަތަފަންދޫގެ ދިހަ ގެއަކަށް ފެން ވަދެފައިވާއިރު ބައެއް ގެތަކުން އަދިވެސް އެއްކޮށް ފެން ނުހިނދޭކަމަށާ، ފެން ހިންދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް ރަތަފަންދޫ ކައުންސިލުން ބުނެއެވެ. ގޭގެއަށް ފެން ވަނުމުގެ ސަބަބުން އެނދާއި އަލަމާރިފަދަ 

އެރަށުގެ މަގުތަކުގައި ހެދިފައިވާ ފެން ހިއްކުމަށްޓަކައި ޕަމްޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމް.އެން.ޑީއެފުން ބުނެއެވެ.

މޫސުމާބެހޭ އިދާރާއިން މަޢުލޫމާތު ދޭ ގޮތުގައި ކުރިއަށް އޮތް ސައުވީސްގަޑިއިރު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ. އަދި ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހި، ގުގުރުންވެސް އެކަށީގެންވާކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކުރެއެވެ. މުސުން ގޯސްވުމުގެ ސަބަބުން މިއަދު މެންދުރު ބާރަގަޑި ފަނަރައާއި ހަމައަށް ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓްނެރުނު ނަމަވެސް ރާއްޖޭގެ އުތުރުރާއި މެދުތެރޭގެ އަތޮޅުތަކަށް އާންމުކޮށް މޫސުން ރަގަޅުވާނެކަމަށް ލަފާކުރެވޭތީ މޫސުމާ ބެހޭ އިދާރާއިން ވަނީ އެލަރޓް ލެވެލް ދަށްކޮށްފައެވެ. މިއީ އިންޑިޔާ ކަނޑުގައި އުފެދިފައިވާ ލޯ ޓްރަފެއްގެ ސަބަބުން ކުރާ ވިއްސާރައެއްކަމަށް މޫސުމާބެހޭ އިދާރާއިން ބުނެއެވެ.