ޚަބަރު

ނޫސްވެރިންނަކީ ޕްރޮފެޝަނަލް ބަޔަކަށް ވާންޖެހޭ- ފުލުހުން


ސިޔާސީ ބައެއް ފަރާތްތައް އިސްވެތިބެ، އިއްޔެ މާލޭގައި ބޭއްވި އެއްވުން ކަވަރކުރަމުންދިޔަ ބައެއް ނޫސްވެރިންގެ ފަރާތުން އެއްވުމުގެ ބައިވެރިންނާ އެއް ހަމައެއްގެ ޢަމަލުތައް ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައެއް ނޫސްވެރިންގެ ފަރާތުން އެއްވުމުގެ ބައިވެރިންނާ އެއް ހަމައެއްގެ ޢަމަލުތައް ފެނިފައިވާއިރު އެއްވުން ކަވަރުކުރި ބައެއް މީޑިއާތަކުން ކަނޑައެޅިގެން ހަޤީޤަތާއި ޚިލާފު ދޮގު މަޢުލޫމާތުވެސް ފަތުރަމުން ދިޔަކަން ފާހަގަކުރެވިފައިވާކަމަށެވެ.

ފުލުހުން ވަނީ ސިޔާސީ ޙަރަކާތްތައް ކަވަރުކުރާ ނޫސްވެރިން، ނޫސްވެރިކަމުގެ އަޚްލާގީ މިންގަނޑުތައް ހިފަހައްޓައި ޕްރޮފެޝަނަލް ކަމާއެކު މަސައްކަތްކުރުމަށް އިލްތިމާސްކޮށްފައެވެ.