ޚަބަރު

ދިވެހި ބަހުގެ އެކެޑަމީން މުވައްރިޚުންގެ ދަފްތަރެއް އެކުލަވާލަނީ


ދިވެހިރާއްޖޭގެ ތާރީޚަށް ޚިދުމަތްކުރައްވާފައިވާ ފަރާތްތަކުގެ ޚާއްޞަ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ދިވެހި ބަހުގެ އެކެޑަމީން ފަށައިފިއެވެ.

"މުވައްރިޚުން"ގެ ނަމުގައި އެކުލަވާލާ މި ދަފްތަރުގައި ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ކުރުމުގެ ފުރުޞަތު މިހާރު ދިވެހި ބަހުގެ އެކެޑަމީން ވަނީ ހުޅުވާލާފައެވެ.  އެގޮތުން ދަފްތަރުގައި ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން މިމަހުގެ ނަވާރަ ވަނަ ދުވަހުގެ ކުރިން އެފަރާތްތަކުގެ މަޢުލޫމާތު ދިވެހި ބަހުގެ އެކަޑަމީއަށް ހުށަހެޅުމަށް ވަނީ ޢާންމުކޮށް އިޢުލާންކޮށްފައެވެ. 

ދިވެހި ބަހުގެ އެކެޑަމީން ބުނީ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ މައުލޫމާތު ޤައުމީ ތާރީޚުގެ ދުވަހަށް ޚާއްޞަކޮށްގެން ނެރޭ ލުއި ފޮތުގައި ހިމަނާނެ ކަމަށެވެ. އަޝްރަފު ވިދާޅުވީ، އެކި ސިފަ ސިފައިގަ ދިވެހި ތާރީޚަށް މަސައްކަތް ކުރާ ގިނަ ޢަދަދެއްގެ ބޭފުޅުން އެބަތިއްބެވި ކަމަށާއި، އެކެޑަމީގެ ޢަމާޒަކީ، ރަސްމީ ސިފައެއްގައި އެބޭފުޅުންގެ އަގު ވަޒަންކުރުން ކަމަށެވެ.

ޤައުމީ ތާރީޚުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ހަމަޖެހިފައިވަނީ މި އަހަރުންފެށިގެން ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ  ހަތާވީސް ވަނަ ދުވަހެވެ.