ޚަބަރު

މައުމޫންގެ ހާލުކޮޅު ރަގަޅު ވަކީލުންނަށްވެސް ބައްދަލުކުރެވޭނެ


ބޮޑެތި ތުހުމަތުތަކެއްގައި މާފުށީ ޖަލުގަ ހައްޔަރުކޮށްފައި ހުންނެވި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމުގެ ޞިއްޙީ ޙާލުކޮޅު ރަނގަޅުކަމަށާއި، މައުމޫންގެ ލޯޔަރުންނަށް އޭނާއާ ބައްދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދީފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެފިއެވެ.

ކަރެޝަނުން މިހެން ބުނެފައިވަނީ މަޢުމޫނުގެ ހާލު ދެރަކަމަށާއި، އާއިލާއާއި ޤާނޫނީ ވަކީލުންނަށްވެސް ބައްދަލުކުރުމުގެ ހުއްދަ ދީފައި ނުވާކަމަށްބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކޮށް ނެރުނު ބަޔާނެއްގައެވެ.

މި ބަޔާނުގައި ކަރެކްޝަނަލް ސަރވިސްއިން ބުނެފައިވަނީ ރައީސް މަޢުމޫނަށް ބަންދުގައި ހުރެގެން ލިބެންޖެހޭ ޙައްޤުތަކާއި އިމްތިޔާޒްތައް ކަށަވަރުކޮށްދީފައިވާކަމަށެވެ. އަދި މައުމޫނުގެ ވަކީލުންނަށް ފޯނުގެ ޒަރީޢާއިންނާއި ޖަލަށް ޒިޔާރަތްކޮށްގެން މައުމޫނާއި ބައްދަލުކުރެވޭނެކަމަށާއި އެކަން މައުމޫނުގެ ވަކީލަށް އަންގާފައިވާނެކަމަށެވެ. އަދި ރައީސް މައުމޫނުގެ ޞިއްޙީ ޙާލު ރަނގަޅުކަމަށާއި، ޢާއިލާގެ ފަރާތުން މައުމޫނަށް ފޮނުވާ ތަކެތިވެސް މައުމޫނަށް ރައްދުކޮށްދެމުންދާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ބުނެއެވެ.