ހަތަރު އަހަރު

ގަލްފް ރިއަލް އިސްޓޭޓް އެވޯޑަށް އެޗްޑީސީ ނޮމިނޭޓްވެއްޖެ


މިއަހަރުގެ "ގަލްފް ރިއަލް އެސްޓޭޓް އެވޯޑް"އަށް  ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ ނޮމިނޭޓްވެއްޖެއެވެ. އެޗްޑީސީ ނޮމިނޭޓްވެފައިވަނީ  ބެސްޓް ރިއަލް އެސްޓޭޓްގެ "މަސްޓާރ ޑިވެލޮޕްމަންޓް ކެޓަގަރީން."ނެވެ. މި ކެޓަގަރީގައި އެޗްޑީސީީން މަސްޓާރ ޕްރޮޖެކްޓެއްގެ ގޮތުގައި ހިމަނާފައިވަނީ ހުޅުމާލެ ތަރައްޤީގެ މަޝްރޫޢެވެ.

މި ކެޓަގަރީގަ ފައިނަލިސްޓުންގެ ގޮތުގައި ޤަލްފު ޞަރަޙައްދުގެ އިތުރު ހަތަރު ކުންފުންޏެއް ނޮމިނޭޓްވެފައިވެއެވެ. މި އެވޯޑް ކާމިޔާބު ކުރާ ކުންފުނި ހޮވާނީ ނޮމިނޭޓްވި ފަރާތްތަކުން މަޝްރޫޢުތަކާއި ގުޅޭގޮތުން އަންނަ މަހުގެ 20ވަނަ ދުވަހު ހުށައަޅާ ޕްރެޒެންޓޭޝަންތަކަށް ބަލައި، އެންމެ މަތިން މަރކްސް ލިބޭ ފަރާތްތަކެއް ބެލުމަށްފަހުގައެވެ.

އެޗްޑީސީން މަޢުލޫމާތުދޭ ގޮތުގައި ގަލްފް އެވޯޑްގައި ހުޅުމާލެއަށް އައިސްފައިވާ ތަރައްޤީއާއިގުޅޭގޮތުން ހުށައަޅާ ޕްރެޒެންޓޭޝަންގެ މަސައްކަތް މިހާރުވެސް އެ ކޯޕަރޭޝަނުންވަނީ ފަށާފައެވެ. މި ޕްރެޒެންޓޭޝަންގައި ހުޅުމާލެ މާސްޓަރ ޑިވެލޮޕްމަންޓް ޕްލޭނާއި، ހުޅުމާލޭ ތަރައްޤީކުރުމަށް އެކުލަވާލަމުން އަންނަ ޕްލޭންތަކާއި، ހުޅުމާލެއަށް ތަރައްޤީގެނައުމަށް މަސައްކަތް ކުރަމުންދާ އެކިއެކި ވިޔަފާރި ކުންފުނިތަކާއި، ހުޅުމާލޭ ތަރައްޤިކުރުމަށް ބޭނުުނުންކޮށްފައިވާ އެކިއެކި އުފެދުންތެރި ގޮތްތަކަށް އަލިއަޅުވާލާނެއެވެ.

މި އެވޯޑްގެ މަޤްޞަދުތަކުތެރޭގައި، ޢިމާރާތް ކުރުމުގެ ދާއިރާއިން ކުންފުނިތަކުން ކުރަމުން އަންނަ މަސައްކަތް ބަލައިގަންނަކަން ހާމަކޮށްދިނުމާއި، ޢިމާރާތްކުރުމުގެ ދާއިރާގައި ކުރިއަރާފައިވާ ކުންފުނިތަކާ ބައްދަލުވެ ތަޖުރިބާ ހިއްސާކުރުމާއެެކު، މިދާއިރާ އިތުރަށް ތަރައްޤީކުރުން ހިމެނެއެވެ. 

މި އެވޯޑަކީ ގަލްފް ޞަރަޙައްދުގައި ބާއްވަމުން އަންނަ އެންމެ ޝަރަފުވެރި އެވޯޑެވެ.

ގަލްފް ރިއަލް އެސްޓޭޓް އެވޯޑްގައި 22 ދާއިރާއަކުން އެވޯޑް ދޭނެއެވެ. މި ޙަފްލާ އޮންނާނީ އަންނަ މަހު 21ވަނަ ދުވަހު ދުބާއީގައެވެ.