ވިޔަފާރި

ބީއެމްއެލްގެ ޚިދުމަތްތަކަށް މިހާރު އޮންލައިންކޮށް އެދެވޭނެ


މުހިންމު ބައެއް ޚިދުމަތްތަކަށް އޮންލައިންކޮށް އެދި ހުށަހެޅޭނެ ނިޒާމް ބޭންކް އޮފް މޯލްޑިވްސްއިން ހަމަޖައްސައިފިއެވެ.

މިއާއެކު ބީއެމްއެލް އިންޓަރނެޓް ބޭންކިންގ ބޭނުންކުރާ ކަސްޓަމަރުންނަށްއިތުރު އެކައުންޓެއް ހުޅުވުމާއި، ކްރެޑިޓް ކާޑާއި، ޑެބިޓް ކާޑު އަދި ލުއި ލޯނަށްއެދި ހުށަހެޅޭނެއެވެ. މީގެ އިތުރުން ބޭންކަށް ދީފައިވާ އެޑްރެސް، އާމްދަނީގެ ތަފްސީލް ނުވަތަ އަމިއްލަ މަޢުލޫމާތެއް ބަދަލުކުރުމަށް ބޭނުންވާ ކަސްޓަމަރުންނަށް އޮންލައިންކޮށް ހުށަހެޅޭނެ އާ ޕަރސަނަލް އިންފޮމޭޝަން ފޯމެއްވެސް އެ ބޭންކުން ވަނީ ތަޢާރަފްކޮށްފައެވެ.

މިއީ ދިވެހި މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭންކުން މިހާރުކުރިޔަށްގެންދާ "އަހަރެންގެ ބޭންކް" ކެމްޕޭންގެ ދަށުން އެ ބޭންކުން ތައާރަފްކުރި ޚިދުމަތްތަކެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ އަލަށް ތަޢާރަފްކުރި އޮންލައިން ޚިދުމަތްތަކަކީ ކަސްޓަމަރުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ޚިދުމަތްތަކެއްކަމަށެވެ. މި ޚިދުމަތުގެ ސަބަބުން ކަސްޓަމަރުން ބޭންކުގެ ބްރާންޗްތަކަށް އަންނަން ނުޖެހި، ގޭގައި ތިބެގެންވެސް މިހާރު މުހިންމު ބައެއް ޚިދުމަތްތަކަށް އެދިހުށަހެޅޭނެކަމަށް އޭނާ ވިދާޅުވިއެވެ.