ޚަބަރު

ރާއްޖެޓީވީ ހުއްޓާލީ ޤާނޫނާ ޚިލާފަށް- ބްރޯޑްކާސްޓިން ކޮމިޝަން


ރާއްޖެޓީވީން ވަގުތީގޮތުން ބްރޯޑްކާސްޓް ކުރުން އަމިއްލައަށް ހުއްޓާލީ ޤާނޫނާ ޚިލާފަށް ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފިއެވެ.

ބްރޮޑްކާސްޓިންގ ކޮމިޝަނުން ބުނީ ވަގުތީގޮތުން ބްރޯޑްކާސްޓްކުރުން ހުއްޓާލާނަމަ، ބްރޮޑްކާސްޓްކުރުން ޤާނޫނުގެ ދަށުން ބްރޮޑްކާސްޓްކުރުން ހުއްޓާލުމުގެ 15 ދުވަހުގެ ކުރިން އެކޮމިޝަނަށް އަންގަންޖެހޭކަމަށެވެ.

އެހެންކަމުން ރާއްޖެޓީވީން ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނާ ޚިލާފްވެފައިވާތީ، އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެކަމަށް އެ ކޮމިޝަނުން ބުނެއެވެ. ރާއްޖެޓީވީން ކުއްލިގޮތަކަށް ބްރޮޑްކާސްޓުކުރުން ހުއްޓާލީ މިނިވަން ނޫސްވެރިކަމުގެ މާހައުލެއް ނެތްކަމަށް ބުނެއެވެ. 

ރާއްޖެޓީވީން ބްރޮޑްކާސްޓްކުރުން ހުއްޓާލާފައިވާއިރު ވެރިކަންކުރާ މައި ޕާޓީ ޕީޕީއެމްގެ ސްޕޯކްސްޕާސަން ވިދާޅުވެފައިވަނީ ރާއްޖެޓީވީގެ ޚިދުމަތް އަމިއްލައަށް މެދުކަނޑާލީ ދަޢުލަތާއި ސަރުކާރުން ކުރިކަމެއްކަމުގައި ދެއްކުމަށް ކަމަށް ޤަބޫލުކުރެވޭކަމަށެވެ. 

މިނިވަން ނޫސްވެރިކަމެއް ނެތްކަމަށްބުނެ ރާއްޖެޓީވީން ބްރޮޑްކާސްޓްކުރުން ހުއްޓާލާފާވައިވާއިރު މީގެކުރިންވެސް އެޓީވީން އަމިއްލައަށް ވަގުތީގޮތުން ބްރޮޑްކާސްޓްކުރުން ހުއްޓާލާފައިވެއެވެ.