ޚަބަރު

ބީއެމްއެލުން ފައިނޭންސާބެހޭ މަޢުލޫމާތު ދަރިވަރުންނާ ހިއްސާކުރަނީ


ފައިނޭންސްގެ ދާއިރާއާބެހޭ މަޢުލޫމާތު 3 ސުކޫލެއްގެ ދަރިވަރުންނަށް ބެންކް އޮފް މޯލްޑިވްސުން ދީފިއެވެ. އެ ބޭންކުން ކުރިއަށްގެންދާ "އަހަރެންގެ ބޭންކް" ކެންޕެއިންގެ ތެރެއިން މަޢުލޫމާތު ފޯރުކޮށްދީފައިވަނީ ޢިޔާސުއްދީން އިންޓަނޭޝަނަލް ސުކޫލާއި، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސުކޫލް އަދި ބިލަބޮންގ ހައި އިންޓަނޭޝަނަލް ސުކޫލްގެ ދަރިވަރުންނަށެވެ.

މި ސެޝަންތަކުގައި ސުކޫލް ދަރިވަރުންނަށް މައުލޫމާތު ޙިއްސާކޮށްފައިވަނީ ފައިނޭންސްގެ ދާއިރާގައި ހުރި ފުރުޞަތުތަކާއި، ޅައުމުރުގައި ފައިސާ ރައްކާކުރުމުގެ މުހިންމުކަމާއި ބެހޭގޮތުންކަމަށް ބީއެމްއެންލު ބުނެއެވެ.

ބޭންކޮ އޮފް މޯލްޑިވްސުން ކުރިއަށްގެންދާ "އަހަރެންގެ ބޭންކް" ކެންޕެއިންގެ ތެރެއިން ކޮންމެ ދުވަހަކުވެސް މުޖުތަމަޢަށް ފައިދާވާނެފަދަ ކޮންމެވެސް ކަމެއް އެ ބޭންކުން އަންނަނީ ކުރަމުންނެވެ. "އަހަރެންގެ ބޭންކް" ކެންޕެއިނަކީ މުޖްތަމަޢަށް އެހީވުމަށްޓަކައި 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓަކާއިއެކު ބޭންކުން ފެށި ކެންޕެއިނެކެވެ.