ޚަބަރު

ޙައްޖަށްމީހުން ގެންދިއުމާބެހޭ އާ އުސޫލު ގެޒެޓްކޮށްފި


ރާއްޖެއިންމީހުން ޙައްޖަށް ގެންދިއުމުގައި ޢަމަލުކުރަމުން އައި އުޞޫލަށް ބަދަލުގެނެސް އަލަށް އެކުލަވާލި އުޞޫލަށް ޢަމަލުކުރަން ފަށައިފިއެވެ.

މިއީ ރާއްޖެއިން ޙައްޖަށްދާ މީހުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ލުއިފަސޭ ހަ ގޮތެއްގައި ދިނުމަށާއި، ޙައްޖަށްދާ މީހުންގެޙައްޤުތައް ހިމާޔާތްކުރުމާއި  ޙައްޖަށްމީހުން ގެންދާ ކުންފުނިތަކަށް ލިބެންޖެހޭ ޙައްގުތައް ޙިމާޔާތް ކުރުމަށް އެކުލަވާލާފައިވާ އުސޫލެކެވެ.

ޙައްޖަށް މީހުން ގެންދިޔުމާބެހޭ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން އެކުލަވާލި އާ އުޞޫލު ގެޒެޓްކޮށް އެއަށް ޢަމަލުކުރަން ފެށުމާއެކު ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމުގެ ހުއްދަދޫކުރެވޭނީ އެއްއަހަރު ދުވަހުގެމުއްދަތަކަށެވެ. އައުއުސޫލުގެ ދަށުން ޙައްޖަށް މީހުން ގެންދިޔުމަށް ހުއްދައަށް އެދި ހުށައަޅާ ޕްރޮޕޯސަލް އެ މިނިސްޓްރީން ބަލައިގަންނާނީ  100 ޙާޖީންނަށް ޙައްޖުގެ ޚިދުމަތް ދިނުމަށް އެއްބަސްވެ، ހުށައަޅާ ޖުމްލަ އަގުގެ ފަހެއްއިން ސައްތަ ބޭންކް ގެރެންޓީއެއް މަދުވެގެން ތިން މަސްދުވަހަށް މިނިސްޓްރީގައި ބެހެއްޓުމަށް އެއްބަސްވާ ކުންފުނި ތަކަށެވެ.

.ކުރީގެއުޞޫލާ އެއްގޮތަށް މިހާރުގެ އުޞޫލްގައިވެސް ބުނާގޮތުން ޙައްޖަށް މީހުން ގެންދިޔުމަށް ހުއްދައަށް އެދޭ ކުންފުނިތަކަކީ ސައްތައިން ސައްތަ ދިވެހިން ހިއްސާވާކުންފުންޏަކަށް ވާންޖެހެއެވެ. އަދި  އެއްވެސް ކަހަލަ ޚިޔާނާތުގެ މައްސަލައެއްނެތުމާއި އެފަދަ މައްސަލައެއް ޝަރްޢީ ކޯޓެއްގައި ހިނގަމުންދާ މީހެއް ކުންފުނީގެ ބޯޑުގައި ހިމެނިފައި ނުވުންވެސް އަލަށް އެކުލަވާލީ  އުސޫލްގައިވެއެވެ. އަލަށް އެކުލަވާލީ އުޞޫލްގައި ބުނާގޮތުން ޙައްޖަށް މީހުން ގެންދިޔުމަށް ހުއްދައަށް އެދޭކުންފުނިތައް ވާންޖެހޭނީ  އިސްލާމިކް މިނިސްޓްރީން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ  ދީފައިވާ، 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާކުންފުންޏެއްގެ އިތުރުން މިހާރުވެސް ޢުމްރާއަށް މީހުން ގެންދާ ކުންފުންޏަކަށެވެ. 

ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ހުށަހަޅަންބޭނުންވާ ކޮންމެ ކުންފުންޏަކުންވެސް އެކަމުގެ ހުއްދައަށް އެދޭއިރު ކުންފުނީގެ މަޢުލޫމާތާއި، ޙައްޖަށް މީހުން ގެންދިޔުމުގައި  ކުންފުނިން ޢަމަލުކުރާނެ ގޮތުގެ މުހިއްމު ނުކުތާތައް އެކުލެވޭ ޕްރޮޕޯސަލެއް ހުށަހަޅަންޖެހެއެވެ.

އާ އުސޫލްގައި ވާގޮތުގެމަތީން ޙައްޖަށް މީހުން ގެންދިޔުމުގެ ހުއްދައަށް އެދި ހުށައެޅި ޕްރޮޕޯސަލްގައި ބަޔާންކޮށްފައިވާ އަގަށްވުރެ އިތުރަށް އެއްވެސް މީހެއްގެ އަތުން ފައިސާ ނުނެގުމަށްވެއެވެ. އަދި  ޙައްޖަށް މީހުން ގެންދިޔުމަށް ފައިސާނަގަންވާނީ ޙައްޖަށް ގެންދިޔުމަށް އެ ކުންފުންޏަކަށް ހުއްދަ ލިބިފައިވާ ކޯޓާގެ އަދަދަށެވެ.

މި މަހުގެ 5ވަނަ ދުވަހުންފެށިގެން އާއުސޫލަށް ޢަމަލުކުރަން ފަށާފައިވާއިރު،ކުރިން އަމަލު ކުރަމުން އައި އުސޫލް ބާތިލް ވާނެއެވެ.