ޚަބަރު

މަގުމަތި ހަލަބޮލިކޮށް އަމަން ނަގާލަން ފުރުސަތެއް ނުދޭނަން


ސުޕްރީމް ކޯޓުގެ އަމުރަކީ މަގުތައް ހަލަބޮލިކޮށް ޤާނޫނު އަސާސިއާއި ޤާނޫނުތަކުން ކަށަވަރުކޮށްދޭ ހައްޤުތަކުން ރައްޔިތުން މަހުރޫމުކޮށް ޤައުމުގެ އަމަން އަމާކަން ނަގާލަންދން ފުރުސަތެއް ނޫންކަމަށް ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

ޕިއެސްއެމް ނިއުސްއަށް ދެއްވި ފޯން އިންޓަރވިއުއެއްގައި ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ދައުލަތުން އަޅަންޖެހޭ ފިޔަވަޅުތަކެއް އަޅަމުންދާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ ސުޕްރީމްކޯޓުގެ އަމުރު ތަންފީޒުކުރުމަށް ގޮވާލާކަމަށް ބުނެ ޤާނޫނު އަސާސީން މަނާކުރާ އެއްވެސްކަމެއް އެއްވެސް ތަނެއްގައި ކުރުމުގެ ފުރުސަތު ނުދެއްވާނެކަމަށެވެ. އަދި ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް މައުލޫމާތު ފަތުރަމުންދާކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އިދިކޮޅު ފަރާތްތަކަށް ހޯމް މިނިސްޓަރ ގޮވާލެއްވިއެވެ.

ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވީ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކަރާއިކަމާއި ގުޅުންހުރި ދާއރާތަކުން ކުރަމުން ގެންދާކަމަށެވެ. އަދި ސަރުކާރުން ގާނޫނާއި ހިލާފުކަމެއް ނުކުރާކަމަށާއި ރައީސް ޔާ،މީން ހުންނެވީ އެމަނިކުފާނާއި ހަވާލުކުރައްވާފައިވާ ވާޖިބުތައް އެންމެ ފުރިހަމައަށް އަދާ ކުރެއްވުމުގައި ސާބިތުކަންމަތީގައިކަމަށެވެ.