ޚަބަރު

މުލަކަތޮޅު ފާންތަރި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި


މުލަކަތޮޅު ފާންތަރި އެވޯޑްގެ 2018އަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި އެވޯޑަކީ މުލަކަތޮޅަށް ދިގުމުއްދަތަކަށް ފާހަގަކުރެވޭފަދަ ޝަރަފުވެރި ޚިދުމަތްތައްކޮށްދީފައިވާ ފަރާތްތަކާއި، އަތޮޅަށް އަގުހުރި ފާހަގަކޮށްލެވޭ ފަދަ ޚިދުމަތްތައް އެކި ދާއިރާތަކުން ކޮށްދެމުންދާ ފަރާތްތަކަށް ދެމުން އަންނަ އެވޯޑްއެކެވެ. މީގެ އިތުރުން  މިދިޔަ އަހަރު މުލަކަތޮޅަށް ފަޚުރުވެރި ވަނަތައް ހޯދާދީފައިވާ ފަރާތްތަކާއި އަތޮޅަށް އެންމެ ހިންގުންތެރި ކައުންސިލްތަކާއި، ސްކޫލް މަދަރުސާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، ކްލަބު ޖަމްޢިއްޔާތަކަށްވެސް މި އެވޯޑް ދިނުމަށް ހަމަޖެހިފައިވެއެވެ.

"މުލަކަތޮޅު ފާންތަރި އެވޯޑް" ދިނުމަށް ކަނޑައެޅިފައިވާ މައިގަނޑު ދާއިރާތައް ތިރީގައި މިވަނީއެވެ.

މަތީދަރަޖަ ހޯދާފަރާތްތަކަށް ކައުންސިލުންދޭ ޚާއްޞަ އިނާމު

ކައުންސިލުންދޭ ޚާއްޞަ އިނާމު

ހިންގުންތެރިކަމުގެ އިނާމު

މުދައްރިސުންނަށް ދެވޭ އެވޯޑް

ޚާއްސަ އިނާމް

މަސްވެރިންގެ އިނާމް

މުލަކަތޮޅު އަތޮޅު ކައުންސިލް އިދާރާއިން ބުނީ މި އެވޯޑަށް ކުރިމަތިލުމުގ ެފުރުސަތު މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ. އެޕްލިކޭޝަން ފޯމް މ. އަތޮޅު ކައުންސިލް އިދާރާއިންނާއި މ. އަތޮޅު ރަށްރަށު ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެކަމަށާއި، އަދި މި އެވޯޑްއާއިބެހޭ މަޢުލޫމާތު މ. އަތޮޅު ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އެ ކައުންސިލުން ބުނެއެވެ.