ކުޅިވަރު

މެންޗެސްޓަރ ސިޓީގެ ޝައުޤު މަހްރޭޒްއަށް!


ސިޓީން ހޯދަން މަސައްކަތްކުރަމުން އަންނަ ލެސްޓާރ ސިޓީގެ ރިޔާދް މަހްރޭޒް އެ ކުލަބުން ރިލީސް ދިނުމަށް އެދިއްޖެއެވެ. 

ސައްބީސް އަހަރުގެ ކުޅުންތެރިޔާ ހޯދުމަށް ސިޓީން ދާދިފަހުން ބިޑްކޮށްފައިވާކަމަށް އިނގިރޭސި މީޑިޔާތަކުން އަންނަނީ ރިޕޯޓްކުރަމުންނެވެ. ކުލަބު ދޫކޮށްދާން މަހްރޭޒް މިހާރު އެދިފައިވާއިރު، ސިޓީން އެޓީމްގެ އެޓޭކިންގ ލައިން ވަރުގަދަ ކުރުމަށް ކުޅުންތެރިއެއް ގަންނާނެކަމުގެ އިޝާރާތެއް ކޯޗު ޕެޕް ގާޑިއޯލާވަނީ ދީފައެވެ. ގާޑިއޯލާ ބުނީ މިވަގުތަށް ބަލާއިރު، ސިޓީގައި ތިބީ އެޓޭކިންގ ތިން ކުޅުންތެރިންކަމަށާއި، އިތުރު ކުޅުންތެރިން ބޭނުންވާކަމަށެވެ. 

މަހްރޭޒް ހޯދުމަށް ސިޓީން މަސައްކަތްކުރޭތޯ އެހުމުން ގާޑިއޯލާ ބުނީ ވަކި ކުޅުންތެރިއެއްގެ ވާހަކަދައްކަން އަދި މާ އަވަސްކަމަށާއި، އޭނާ ގަންނަން ބޭނުންވާ ބައިވަރު ކުޅުންތެރިން އެބަތިބިކަމަށެވެ. އަދި ޓްރާންސްފަރގެ ދޮރު ބަންދުވުމުގެ ކުރިން ސިޓީން ކުޅުންތެރިއަކު ގަތުން ވަރަށް ގާތްކަމަށްވެސް ގާޑިއޯލާ ބުންޏެވެ.